ދުވުމަކީ ހިނގުމަށްވުރެ ބޮޑަށް މީހާ ވަރުބަލިކޮށްލާ ކަމެއް.
ދުވުމަކީ ހިނގުމަށްވުރެ ބޮޑަށް މީހާ ވަރުބަލިކޮށްލާ ކަމެއް.
ދުވުމަކީ ހިނގުމަށްވުރެ ބޮޑަށް މީހާ ވަރުބަލި ކޮށްލާ ކަމެކެވެ. ސަބަބަކީ ދުވުމަކީ ހިނގުމަށްވުރެ ހަކަތަ ބޭނުންވާ ކަމަކަށް ވާތީއެވެ. ދުވާއިރު މީހާއަށް ގިނައިން ހަކަތަ ބޭނުންވުމަށް މެދުވެެރިވުމުގެ ފަހަތުގައި ސަބަބުތަކެއް ވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދުވެފައި ތަނަކަށް ދާ މީހާ މުޅި ދުވަހު ވަރުބަލިކަން އިހުސާސް ކުރާ މިންވަރު ހިނގާފައިދާ މީހާ ވަރުބަލިކަން އިހުސާސް ކުރާ މިންވަރަށްވުރެ ބޮޑެވެ.

ދުވުމުގަ އާއި ހިނގުމުގައި މީހާ ކުރާ ހަރަކާތްތައް ތަފާތު ވުމަކީ ދުވުމުގައި ގިނައިން ހަކަތަ ބޭނުން ވުމަށް މެދުވެރިވާ ސަބަބެކެވެ. ދުވާއިރު މީހާގެ ހަށިގަނޑު މައްޗަށާއި ތިރިއަށް ދާވަރު ހިނގާއިރަށްވުރެ ބޮޑެވެ. މި ހަރަކާތް ކުރުމަށްޓަކައި ތިރީ ގުނަވަންތަކުގެ މަސްތަކުން އިތުރު ބާރެއް އުފައްދަން ޖެހެއެވެ. މީގެ ސަބަބުން ހަށިގަނޑުން ހަކަތަ ބޭނުން ކުރާވަރު ގިނަވެއެވެ.

އަޅުގަނޑުމެންގެ ހަށިގަނޑުގައި ހަކަތަ އުފައްދަދޭ އެތަކެއް މަގުތަކެއް ވެއެވެ. ދުވާއިރު މީހާގެ ގައިގައި ހުންނަ މަސްލް ތަކުން ހަކަތަ އުފެއްދޭ ވަރު މަދުވެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެހެނިހެން ހަކަތަ އުފައްދާ މަގުތަކުން ހަކަތަ ހޯދަން ޖެހެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑަށް ދުވާއިރު ގިނަ ހަކަތަ ބޭނުންވެއެވެ.

ދުވާއިރު މިހާގެ ގައިގައި ހުންނަ އެކިއެކި ސިސްޓަމްތައް މަސަތްކަތް ކުރުމަކީވެސް ހަށިގަނޑަށް ގިނައިން ހަކަތަ ބޭނުންވުމަށް މެދުވެރިވާ ސަބަބެކެވެ. ހަމަ އެކަނި ހިނގާނަމަ މި ސިސްޓަމްތަކުގެ ބޭނުން ހިފާކަށް އަޅުގަނޑުމެން ނުޖެހެއެވެ.

ކޮންމެ ވަރުގަދަ ޖިސްމާނީ ހަރަކާތެކޭ އެއްފަދައިން ދުވުމުގެ ސަބަބުންވެސް މަސްތަކުގެ ފައިބަރުތައް ގިނަގިނައިން ހަލާކުވުމަށް މެދުވެރިވެއެވެ. އޭގެ ސަބަބުން އެކަން ރަނގަޅު ކުރުމަށްޓަކައި އަހަރެމެންގެ ހަށިގަނޑުގައި ވަރަށް ގިނަ އެހެނިހެން ކަންތައްތަކެއް ވާން ފަށައެވެ. ނަތީޖާއެއްގެެ ގޮތުން ހަށިގަނޑަށް ހަކަތަ ބޭނުންވާ މިންވަރު ގިނަވެއެވެ.

ހިނގުމާއި ދުވުމަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޭނުންތެރި ދެކަމެވެ. އެއީ ގައިގައި ހުންނަ ބޭކާރު ސަރުބީތައް ދުއްވާލަދޭ ކަންކަމެވެ. ވީމާ މި ދެ ގޮތުން ކޮންމެ މީހަކުވެސް އިހްްތިޔާރު ކުރަންވީ އެމީހަކަށް އެންމެ ފަސޭހަ ގޮތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން