މަރްޔަމް ނަހްދާ ވަޙީދު   12 ޖުލައި 2024 - 3:46
ދޮންކޭލަކީ ސިއްހަތަށް ވަރަށް ފައިދާހުރި މޭވާ އެއް.
ދޮންކޭލަކީ ސިއްހަތަށް ވަރަށް ފައިދާހުރި މޭވާ އެއް.
ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ.

ދޮންކޭލަކީ އޭގައި ވަރަށް ގިނަ ވިޓަމިނާއި މިނަރަލްތައް އެކުލެވޭ މޭވާ އެކެވެ. އެގޮތުން ބަލާއިރު ކޭލަކީ އޭގައި ޕޮޓޭސިއަމްއާއި، މެގްނީޒިއަމްއާއި، މެންގަނީޒްއާއި، ވިޓަމިން ބީ6 އަދި ސީ ފަދަ ނިއުޓްރިއެންޓްސް އެކުލެވޭ އެއްޗެކެވެ. އަދި އޭގައި ފައިބަރުގެ މާއްދާ ވެސް ގިނައިން އެކުލެވިގެން ވެއެވެ.

ކޭލުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން އެއީ ކިޑްނީއަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަކީ ލޭގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ބަހައްޓަދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް އިތުރު އެހީއަކަށްވެއެވެ.

ކޭލަކީ މީހާގެ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. ކޭލަކީ އޭގައި ވަރަށް ގިނަ ޑައެޓްރީ ފައިބަރުތައް އެކުލެވިގެންވާ މޭވާއެެކެވެ. މީގައި އެކުލެވޭ ޑައެޓްރީ ފައިބަރުގެ ސަބަބުން ވަރަށް ގިނަ އިރު ވަންދެން ބަނޑު ފުލްކޮށް ބަހައްޓައިދެއެވެ. އަދި އޭގެ ސަބަބުން ބަރުދަން އިތުރުވުން ހުއްޓުވައިދީ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

ކޭލަކީ ހަޖަމުގެ ނިޒާމަށް ޖެހޭ ބަލިތަކަށްވެސް އޮތް ފަރުވާއެކެވެ. އެގޮތުން ކެއުކާއިރު ކުޑަ ލޮނު ކޮޅަކާ އެކު ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީގެ އިތުރުން ކޭލަކީ ވައިގެ ބަލިތަކުންވެސް މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ.

ކޭލުގައި އެކުލެވޭ މެންގަނީޒް އަކީ ހަމުގެ އެކި މައްސަލަތައް ހައްލުކޮށްދޭ މާއްދާއެކެވެ. މެންގަނީޒް އަކީ ލޭގައި ކޮލާޖެން އުފެއަދުމަށް އެހީވެދޭ މާއްދާއެކެވެ. ވީމާ ކެޔޮ ކެއުމުގެ ސަބަބުން މީހާގެ ހަންގަނޑު ރީތިވެ އޮމާންވެ، މޫނުމަތި ތާޒާވެގެންދާނެއެވެ.

ކޭލަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހަތައް އެތަކެއް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ވަރަށްގިނަ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކެޔޮ ބޭނުން ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން