ސޮނާކްޝީ ސިންހާއާއި ރިތޭޝް ދޭޝްމުކް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ކަކުޑާ” ރޭގެ ވަގުތެއްގައި ސްޓްރީމް ކުރަން ފަށައިފިއެވެ.
މި ފިލްމު އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައިވީ ޖުލައި 12(މިއަދު) އެވެ. ނަމަވެސް މި ބިރުވެރި ކޮމެޑީ ފިލްމު މިވަނީ އެއްދުވަސް ކުރިން ސްޓްރީމް ކުރަން ފަށާފައެެވެ. މި ފިލްމު ސްޓްރީމް ކުރަނީ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ޒީ5 އިންނެވެ.
ޒީ5 އިން އެމީހުންގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފަޢިވާ ގޮތުގައި ރޭގެ 7:15 އިން ފެށިގެން ފިލްމު “ކަކުޑާ” ސްޓްރީމް ކުރަން ފަށާނެއެވެ.
ފިލްމު “ކަކުޑާ” ބެލުންތެރިންނާ ހަމައަށް ނެރުމުގެ ކުރިން ޖުލައި 10 ވަނަ ދުވަހު ވަނީ މި ފިލްމުގެ ސްކްރީނިންއެއް އިންތިޒާމް ކޮށްފައެވެ. ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުން މި ފިލްމުގެ ބަތަލާ ސޮނާކްޝީގެ ފިރިމީހާ ޒަހީރު އިގްބާލުވެސް ވަނީ މި ސްކްރީނިންއަށް ގޮސް އޭނާގެ އަނބިމީހާގެ އުފަލުގައި ބައިވެރިވެފައެވެ.
މި ފިލްމުގެ ޓްރެއިލާއިން ފެނިފައިވާ ގޮތުގައި މި ފިލްމުގެ ސެޓު ހަދާފައިވަނީ ރާޓޯޑީ ކިޔާ ހިޔާލީ ރަށެއްގައެވެ. ޓްރެއިލާއިން މީގެ ކުރިން ފެނިފައިވާ ގޮތުގައި މި ރަށުގެ ކޮންމެ ގެއެއްްގައިވެސް ދެ ސައިޒުގެ ދެ ދޮރު ހުރެއެވެ. އެތަނުން އެއް ދޮރަކީ ކަކުޑާ ނަމަކަށް ކިޔާ ޖިންނިއަށް ހާއްސަ ވެގެންވާ ދޮރެކެވެ. އެ ޓްރެއިލާއިން ފެނިފައިވަނީ ދެ މީހަކު ލޯބިވެވިގެން އުޅޭ ތަނެވެ. އަދި ކަކުޑާގެ ސަބަބުން އެމީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލާތަނެވެ.
މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ މުންޖްޔާގެ މަޝްހޫރު އަދިތްޔަ ސަރްޕޮޓްދާރްއެވެ. އަދި މި ފިލްމު އުފައްދާފައިވަނީ ރޮނީ ސްކްރޫވާލާއެވެ.

ކިޔުންތެރިންގެ ހިޔާލު