ލ. އަތޮޅުގެ 3 ރަށް ތަރައްގީކުރުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކްލޯޒް ބިޑިންގެ ދަށުން ލ. އަތޮޅުގެ 3 ރަށެއް ތަރައްޤީކުރުމަށް ދުބާއީގެ ބަޔަކަށް އެވޯޑް ލެޓަރ ހަވާލުކުރެވިފައިވާ ކަމަށެވެ.
"ލ. އަތޮޅުގެ ރައްޔިތުންނަކީވެސް ވަރަށް ބޮޑަށް ޓޫރިޒަމަށް ފެންބޮވައިގެންފަ ތިބި ރައްޔިތުންތަކެއް ތިބި ތަނެއް. އަޅުގަނޑު މިރޭ މިތާ ހުރެ ވާހަކަ ދައްކަމުންދާއިރު ޗައިނާގެ ޕާޓީއަކުން ލ. އަތޮޅުގެ ބަރެސްދޫގެ ކަންކަން ބެލުމަށްޓަކާ ގޮސް އެތާނގަ ތިބި ވާހަކަ ލ. އަތޮޅު ރައްޔިތުންގެ ސަމާލުކަމަށްޓަކާ އަޅުގަނޑު އެ ވާހަކަ ދަންނަވަން." ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ކްލޯޒް ބިޑިންއަށް ހުޅުވާލި ތިން ރަށަކަށް ޕްރޮޕޯޒަލް ލިބި، އެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް އަދި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމެންޓަށް ފޮނުވައި ރައީސްގެ ހުއްދަވެސް ލިބިފައިވާ ކަމަށެވެ. އަދި ލ އަތޮޅު ތިން ރަށް ތަރައްޤީ ކުރުމަށް ދުބާއީގެ ބަޔަކަށް އެވޯޑް ލެޓަރ ހަވާލުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 1 ރަށަށް އެބޭފުޅުން މީރާއަށް ފައިސާވެސް ދައްކާފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލ. އަތޮޅުގައި ތަރައްގީ ކުރުމަށް ހުޅުވާލި 3 ރަށުގެ ތެރެއިން ބާކީ ދެ ރަށަށް ފައިސާ ދައްކައި ދެތިން މަސް ދުވަހުގެ ތެރޭގައި ދުބާއީގެ ކުންފުނިން އެ ރިސޯޓުތަކުގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ގުޅުންހުރި އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު