ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށާއު، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ހޮނިހިރު ދުވަހު (މާދަމާ) ގެ ބައެއް ވަގުތުތަކުގައި މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިގެންދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

އެގޮތުން ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު 06:00 ގައި މާލެ ސިޓީ، ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުންފުނިން ބުނެއެވެ.

ހަމައެހެންމެ ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހެންވޭރު، ސޯސަން މަގު، ކާސިންޖީ މަގު އަދި ދޫހިމެރި މަގު ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 10:00 ން 11:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަދި ‏ހަމަ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އަމީނީ މަގު، އަމީނީ މަގު ހަނިގޯޅި، ބޮޑުތަކުރުފާނު މަގު، ރަށްދެބައި ހިނގުން، ފަޅުމަތީ މަގު އަދި ތަބުރޭޒީ ހިނގުން ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 14:00 ން 14:45 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ޝަޙީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، މެދުޒިޔާރަތް މަގު، ދަރުމަވަންތަ މަގު އަދި ޝަޙީދު ޙުސައިން މުޙައްމަދު ހިނގުން ހިމެނޭ ސަރަޙައްދުންވެސް މާދަމާ މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. ސްޓެލްކޯއިން ބުނީ މިސަރަހައްދުތަކުން މެންދުރުފަހު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށެވެ.

ސްޓެލްކޯ އިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން