ޔޯޔޯ ހަނީ ސިންގާއި ހީރާ ސޯހަލް.
ޔޯޔޯ ހަނީ ސިންގާއި ހީރާ ސޯހަލް.
އިންޑިއާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ ހީރާ ސޯހަލްއާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

އީ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނީ ސިންގ ޓީނާ ތަދާނީއާއި ރުޅިވުމަށްފަހު މިހާރު ރައްޓެހިވެގެން އުޅެނީ ބަތަލާ ހީރާ ސޯހަލްއާއެވެ. އަދި ހަނީ ސިންގާއި ހީރާއާ އެކުގައި ފެނިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވާން ކައިރިވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހު އެ ދެމީހުން ރޮމޭންޓިކް ގެޓްއަވޭ އަކަށް ގޮސްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ޓީނާ ތަދާނީއާއި ހަނީ ސިންގު ރުޅިވެފައިވަނީ 2023 ގައެވެ. އެ ދެމީހުން ވަކިވުމާއެކު މީސް މީޑިއާގައި ހުރި ފޮޓޯތައްވެސް ދެމީހުން ވަނީ ފޮހެލާފައެވެ. ހިންދުސްތާނީ ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ދެމީހުން ވަކިވެފައިވަނީ ދެ މީހުންވެސް ދިރިއުޅުމުގައި ތަފާތު ކަންތައްތައް ހާސިލްކުރަން ބޭނުންވާތީއެވެ.

ޓީނާ ތަދާނީއާއި ހަނީ ސިންގު ގުޅިފައިވަނީ ޝާލިނީ ތަލްވާރް އާއި އޭނާގެ ކައިވެނި ރޫޅުމަށްފަހުގައެވެ. އެދެމީހުން ވަރިވެފައިވަނީ ހަނީ ސިންގުގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ޝާލިނީ ކޮށްފައި ވަނިކޮށެވެ.

ޔޯޔޯ ހަނީ ސިންގަކީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އޭނާ މީހުންގެ މެދުގައި މަގްބޫލު ވެފައިވަނީ 2010 ގެ ކުރީކޮޅު އޭނާ ނެރެންފެށި ލަވަތަކުންނެވެ.

ހަނީ ސިންގ ބޮޑަށް މަޝްހޫރު ވެފައިވަނީ އޭނާގެ ލަވަތަކުގައިވާ މީހުންގެ ހިތް ދަމައިގަންނަފަދަ ބީޓްސް ތަކާއި، އުފެއްދުންތެރި ވީޑިއޯތަކާއި އަދި މިއުޒިކާއި ޒަމާނީ އަޑުތައް ގެނެސްދީފައިވާ ގޮތް ތަފާތުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން