ޕްރިޔަންކާ އާއި އޭނަަގެ މައިދައިތަ
ޕްރިޔަންކާ އާއި އޭނަަގެ މައިދައިތަ
ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި އޭނާގެ މައިދައިތަ ޑެނީސް ޖޯނަސް އަކީ “ސާސް ބަހޫ” ގޯލްސް ކަމަށް އިންޑިއާ ޓައިމްސްގައި ރިޕޯޓު ކޮށްފިއެވެ.

އިންޑިއާ ޓައިމްސްގައި މިހެން ރިޕޯޓުކޮށްފައިވަނީ ޑެނީސްގެ އުފަންދުވަހު ޕްރިޔަންކާ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގެ ސަބަބުންނެވެ. ޑެނީސް އާއި ޕްރިޔަންކާގެ ކޮއްކޮގެ އުފަންދުވަހަކީ އެއް ދުވަހަކަށް ވީއިރު ޕްރިޔަންކާވަނީ އިންސްޓަގްރާމް ރީލް އެއް ހަދައި އޭނާގެ މައިދައިތަ އާއި ކޮއްކޮއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

އެ އިންސްޓަގްރާމް ރީލުގައި ހިއްސާ ކޮށްފައި ހުރި ފޮޓޯތަކުން ޕްރިޔަންކާއާއި ޑެނީސްގެ ގުޅުން ވަރަށް ގާތްކަން އެނގެއެވެ. މިއީ ވަރަށް މަދުން ނޫނީ މައިދައިތައަކާއި ޅީދަރިއެއްގެ ފުށުން ނުފެންނަ ކަމެކެވެ.

ދާދި ފަހުން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާގެ މަންމައާއި މައިދައިތަގެ ސަޕޯޓު ނުލިބި އޭނާއަށް އޭނާއާއި ނިކް ޖޯނަސްގެ ދަރިފުޅު މާލްތީ ބަލަމުން މަސައްކަތް ކުރަން ދަތި ވީސް ކަމަށެވެ. އޭނާ ބުނެފައިވަނީ އޭނާ މަސައްކަތް ކުރަން ދަނީ މާލްތީ އޭނާގެ މަންމަ ނޫނީ މައިދައިތަ ކައިރީ ބަހައްޓާފައި ކަމަށެވެ. އަދި އޭނާއާއި ނިކްއަށް ވަޒީފާ އަދާ ކުރެވެނީ މައިދައިތައާއި މަންމަގެ ސަޕޯޓު ލިބޭތީ ކަމަށް އޭނާވަނީ ބުނެފައެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު “ދަ ބްލަފް” އިންނެވެ. މި ފިލްމަކީ 19ވަނަ ގަރުނުގެ ކަނޑުފޭރޭ މީހުންނަށް ބިނާކޮށް ހަދާފައިވާ ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި އޭނާ ކުޅެނީ މުސީބާތްތަކުގައި އާއިލާ ރައްކާތެރިކުރާ އަންހެން ކަނޑުފޭރޭ މީހެއްގެ ރޯލެވެ. މީގެ އިތުރުން އޭނާ މިހާރުދަނީ އެމެރިކާގެ އެކްޝަން ކޮމެޑީއެއް ކަމަށްވާ “ހެޑްސް އޮފް ސްޓޭޓްސް” އަށް ވެސް ޝޫޓު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން