ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ މީހެކެވެ. ތިމާގެ ދިރިއުޅުން އުފާވެރި ކުރެވޭނީ އެންމެ ފުރަތަމަ ތިމާގެ ނަފްސާނީ ސިއްހަތު ރަނގަޅުވިގެންނެވެ.
ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސަށް އަޅާލައި، އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރަންޖެހެއެވެ. ތިމާގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ސެލްފް ކެއާގެ ގޮތުގައި ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެއެވެ.
ގްރެޓިޓިއުޑް ޖާނަލް އެއް ހެދުމަކީ ކޮންމެ މީހަކަށްވެސް ސެލްފް ކެއާގެ ގޮތުގައި ކުރެވިދާނެ ކަމެކެވެ. މީގެ ބޭނުމަކީ ތިމާގެ ދިރިއުޅުމުގައި ހިނގާފައިވާ ތިމާ އެކަންކަމަށް ޝުކުރުވެރިވާ ކަންތައްތައް ދެނެގަތުމެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް ޝުކުރުވެރިވެ ހިތްތިރި ކުރުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށްވެސް މުހިންމު ކަމެކެވެ.
ގިނައިން ފެން ބުުއިމަކީވެސް ސެލްފް ކެއާގެ ގޮތުގައި ކުރެވިދާނެ ކަމެކެވެ. ގިނައިން ފެންބޮއެ ރަނގަޅަށް ހައިޑްރޭޓް ވެފައި ހުރުމަކީ ތިމާގެ މެޓަބޮލިޒަމް ބޫސްޓު ކޮށްދޭ ކަމެކެވެ. އަދި އޭގެ ސަބަބުން މިހާގެ މޫނުމަތިން ތާޒާކަން ފެނިގެން ދެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުމަކީ ވެސް އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކުރުން ވަރަށް މުހިންމު ކަމެކެވެ. 7 ނުވަތަ 8 ގަޑި އިރު ވަންދެން ނިދުމަކީ މީހާ މުޅި ދުވަހު ތާޒާ ކަން މަތީ ބަހައްޓައިދޭ ކަމެކެވެ. މީގެ އިތުރުން މީހާ ސްޓްރެސްވުމުން ދުރުކޮށްދީ ފޯކަސް ވެސް އިތުރުކޮށްދޭ ކަމެކެވެ. ވީމާ ރޭގަނޑުގެ ހަމަ ނިދި ހޯދުމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހެއެވެ.
ބޭރަށް ނިކުމެ ހަމަ ވައި ހޯދުމަކީވެސް ސެލްފް ކެއާގެ ގޮތުގައި ކުރުން ރަނގަޅު ކަމެކެވެ. އަބަދު ގޭތެރޭގައި އޮތުމަކީ މީހާ ނަފްސާނީ ގޮތުން ބަލިކޮށްލާ ކަމެކެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ގަޑިއެއްގައި ހަމަ ވައި ޖެހޭތަނަކަށް ނިކުތުމަކީ ތިމާގެ މޫޑު ރަނގަޅުކުރުމަށް އެހީވެދޭ ކަމެކެވެ. އެއީ މީހާ ބޯހާސްވުމުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ.
ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށް އާދަ ކުރުމަކީވެސް ސެލްފް ކެއާގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު ކަސްރަތު ކުރާނަމަ މުޅި ދުވަހު ތިމާގެ މޫނުމަތިން ތާޒާކަން ފެނިގެން ދެއެވެ. އަދި އެއީ މުޅި ދުވަހު ތިމާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްވެސް އެހީވެދޭ ކަމެކެވެ. އަދި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ މީހާ ސްޓްރެސްވުމުން ދުރުކޮށްދީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އެހީވެދޭ ކަމެކެވެ.
ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ބޭނުންވާނަމަ ތިމާގެ އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު