ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި.
ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި.
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން މާލެ ސިޓީ، ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، މެދުޒިޔާރަތް މަގު، ދަރުމަވަންތަ މަގު އަދި ޝަހީދު ހުސައިން މުހައްމަދު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދުގެ ވަގުތު ތަކުގައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން