ފިލްމީތަރި ސަންޖޭދަތު
ފިލްމީތަރި ސަންޖޭދަތު
ބޮލީވުޑް ސިނަމާތައް ފަޅުފިލުވާލަދީފައިވާ ހައުސްފުލް ފްރެންޗައިސްގެ 5 ވަނަ ބައިގައި ސަންޖޭދަތު ފެނިގެންދާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ ހައުސްފުލް ފްރެންޗައިސްގެ 5 ވަނަ ބައި ތައްޔާރުވަމުން އަންނަ އިރު މި ފިލްމުގައި އުޅޭ ކާސްޓުންގެ އަޕްޑޭޓަކަށް ފޭނުން ތިބީ ކެއްމަދުވެފައެވެ.

އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އަދި އަބިޝެކް ބައްޗަން އެމީހުންގެ ރޯލުތައް މިފިލްމުގައި އަދާކުރާނެކަން ކަށަވަރުވެފައިވާއިރު، މި ފިލްމުގައި ސަންޖޭދަތުގެ މުހިއްމު ރޯލެއް ހިމެނުމަށް ނިއްމާފައިވާ ކަމުގެ އަޑުތައްވެސް ދަނީ ދައުރުވަމުންނެވެ.

ހައުސްފުލް ފްރެންޗައިސްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2010ގައެވެ. އެފިލްމުގައި އަކްޝޭ ކުމާރާއި، ޖިއާ ޚާންއާއި، އަރްޖުން ރަމްޕާލް އާއި، ޖެކްލިން ފާނެންޑެޒްއާއި، ލަރާ ދައްތާގެ އިތުރުން ޗަންކީ ޕާންޑޭ ވަނީ މުހިންމު ރޯލުތަކެއް ކުޅެފައެވެ. ހައުސްފުލް ފްރެންޗައިސްގެ 2 ވަނަ ބައި ނެރެފައިވަނީ 2012 ގައެވެ. އަދި މި ޕްރެންޗައިސްގެ 3 ވަނަ ބައި 2016 ގައި ނެރެފައިވާއިރު 4 ވަނަ ބައި ނެރެފައިވަނީ 2019ގައެވެ.

“ހައުސްފުލް 5” އަށް ވަރަށް ގިނަ މީހުން އިންތިޒާރު ކުރަމުން އަންނައިރު، އެ ފޯރި އިތުރު ކުރުމަށްޓަކައި މި ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާވަނީ މި ފިލްމުގެ ތަރިންގެ ތެރޭގައި ސަންޖޭދަތު ހިމެނޭ ކަމަށް އިއުލާން ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައުސްފުލް 5 އުފެއްދުމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހުގައި ފެށޭނެއެވެ. ހައުސްފުލް ފްރެންޗައިސްއަކީ ހިންދީ ސިނަމާ ފްރެންޗައިސްތަކުގެ ތެރެއިން 5 ވަނަ ފިލްމަކާ ހަމައަށް ފުރަތަމަ ދިޔަ ފްރެންޗައިސްއެވެ.

މި ފްރެންޗައިސްގެ ކޮންމެ ފިލްމަކީވެސް ބްލޮކް ބަސްޓާއެކެވެ. ހައުސްފުލް 5 ބެލުންތެރިންނާ ހަމައަށް ނެރުމަށް ހަމަޖެހިފައިވަނީ 2025ގެ ޖޫން 5ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން