ޝާހްރުކް ޚާން އާއި ޖޯން ސީނާ.
ޝާހްރުކް ޚާން އާއި ޖޯން ސީނާ.
ހޮލީވުޑުގެ މަޝްހޫރު ތަރި، ޖޯން ސީނާ ޝާހުރުކް ޚާންއާއެކު ނަގާފައި ހުރި ފޮޣޯއެއް އޭނާގެ މީސްމީޑިއާގައި ހިއްސާކޮށް ޝާހުރުކް ޚާންއަށް ޓްރިބުއުޓެއް ދީފިއެވެ.

އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެނި ހަފްލާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނަން މަޝްހޫރު މީހުން ގޮސްފައިވާއިރު، ދުނިޔޭގައި ނަަން މަޝްހޫރު ރެސްލަރު އަދި އެކްޓަރު ކަމަށްވާ ޖޯން ސީނާވެސް ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

ޖޯން ސީނާވަނީ މި ހަފްލާގައި ބައިވެރިވެ ބޮލީވުޑްގެ ސުޕަސްޓާރ ޝާހްރުކް ޚާންއާއެކު ފޮޓޯއެއް ނަގައި އެ ފޮޓޯ އޭނާގެ އެކްސްގައި ހިއްސާކޮށްފައެވެ. އަދި އެކްސްގައި ކުރި މިޕޯސްޓުގައި ޖޯން ސީނާވަނީ އޭނާއަށް އެ ހަފްލާއަށް ދައުވަތި އެރުވީތީ އަމްބާނީ އާއިލާއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އަމްބާނީ އާއިލާގެ މެހުމާންދާރީއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެ ތައުރީފުވެސް ކޮށްފައެވެ.

ޖޯން ސީނާ ބުނެފައިވަނީ އެއީ އެނާއަށް ވަރަށް ތަފާތު ކަންތައްތަކެއް ތަޖުރިބާކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އަދި އެހަފްލާގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުގަކުގެ މީހުންނާއި ރަހްނަތެރިކަން އުފެދިގެން ދިޔަކަމަށެވެ.

އެގޮތުން، އެ ޕޯސްޓުގައި ޝާހްރުކް ޓެގް ކުރުމަށްފަހު އޭނާވަނީ އެ ހަފްލާގައި ބައިވެރި ވުމުން އޭނާއަށް ޝަހްރުކްއާއި ބައްދަލުވެ، ޝާހްރުކްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކުރި ހެޔޮ އަސަރުތައް ކިޔައިދިނުމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.

މި ޕޯސްޓު ހިއްސާކުރިތާ ކުޑަ ހިނދުކޮޅެއް ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އޭނާގެ ފޭނުންވަނީ ކޮމެންޓު ސެކްޝަން ފުރާލާފައެވެ. އެގޮތުން އެއް ފޭނަކު ފާހަގަކޮށްފައިވާ ގޮތުގައި މި ހަފްލާގައި ޖޯންސީނާ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބަޔަކާ ބައްދަލުވެފައިވީނަމަވެސް އޭނާ އިހްތިޔާރުކުރީ އެސްއާރްކޭއާއެކު ފޮޓޯއެއް ފޯސްޓު ކުރުމަށް ކަމަށެވެ. އެއިންވެސް ޖޯން ސީނާ ޝާހްރުކްއަށް އިހްތިރާމް ކުރާވަރު އެނގިގެން ދާކަމަށް ފޭނުން ވަނީ ބުނެފައެވެ.

އަނަންތު އަމްބާނީގެ ކައިވެނި ހަފްލާގައި ބައިވެރިވެފައިވާ ބައެއް ބައިނަލްއަގުވާމީ މަޝްހޫރު ތަރިންގެ ތެރޭގައި ޖޯންސީނާގެ އިތުރުން ކިމް ކާޑޭޝިއަން އާއި، ކްލޯއީ ކާޑޭޝިއަން އާއި، އަދި މީގެ އިތުރުން ނައިޖީރިއާގެ ރެޕަރެއް ކަމަށްވާ ރެމާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން