އޫލޮންގް ސައަކީ ސިއްހަތައް ވަރަށް ފައިދާ ހުރި ސައެއް!
އޫލޮންގް ސައަކީ ސިއްހަތައް ވަރަށް ފައިދާ ހުރި ސައެއް!
ފެހިކަން ގަދަކޮށް ހުންނަ "އޫލޯންގް ޓީ" އަކީ ޗައިނާގެ ސަގާފީ ބުއިމެކެވެ. މި ސައި ތައްޔާރުކުރެވެނީ ހަމަ އެހެން ސައިތައްވެސް ތައްޔާރު ކުރެވޭ ފަތް ކަމަށްވާ ކެމެލިއާ ސިނެންސިސް ގަހުގެ ފަތުންނެވެ. މި ސައި އެހެން ސަޔާއި ތަފާތުވަނީ މި ސައި ޕްރޮސެސް ކުރެވޭ ގޮތް ތަފާތު ވުމުންނެވެ. މި ސައި އެހާ ގަދަ ފެހި ކުލައެއްގައި ހުންނަނީ މިސައި ތައްޔާރުކުރެވެނީ އޮކްސިޑޭޝަން ޕްރޮސެސް އަކުން ކަމަށްވާތީއެވެ.

އޫލޮންގު ސަޔަކީ ސިއްހަތަށްވެސް ވަރަށް ފައިދާހުރި ސައެކެވެ. މި ސަޔަކީ ޗައިނާގެ އުފެއްދުމެއް ކަމުގައި ވީނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން މި ސައި ބޮއެ އުޅެނީ އޭގެ ރަހަ މީރުވެފައި އެއިން ހަށިގަނޑަށް ނުހަނު ގިނަގުނަ ފައިދާ ލިއްބައިދޭތީއެވެ.

އޫލޮންގު ސަޔަކީ އޭގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓުތައް އެކުލެވޭ ސައެކެވެ. އެގޮތުން މީގައި އެކުލެވޭ ތީފްލެވިންސް އާއި ތިއަރޫބިޖިންސް ފަދަ އެންޓިއޮކްސިޑެންޓްތަކަކީ ޕްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކުރާ މާއްދާ ތަކެކެވެ. މީގެ ސަބަބުން މީހާ ދާއިމީ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދެއެވެ.

އޫލޮންގު ސައިގައި ހުންނަ ކެޓެޗިންސް އާއި ކެފެއިންއަކީ މީހާގެ މެޓަބޮލިޒަމް ރަނގަޅުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އަދި މި މާއްދާތަކަކީ ބަރުދަން ލުއި ކުރުމުގައިވެސް އެހީތެރިވެދޭ މާއްދާތަކެވެ.

އޫލޮންގު ސައިބުއިމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގައި އިންސިއުލިން އުފެއްދޭ މިންވަރުވެސް އިތުރު ކޮށްދެއެވެ. މީގެ ސަބަބުން ހަކުރުބަލި މެނޭޖުކޮށް ކޮންޓްރޯލު ކުރުމަށްވެސް އެހީތެރިވެދޭ ސައެކެވެ.

ގޮހޮރުގެ މައްސަލަތައްވެސް ރަނގަޅުކޮށް ދިނުމަށްވެސް އޫލޮންގު ސައި އެހީވެދޭއިރު މި ސައި ބުއިމުން ގޮހޮރުގައި ހުންނަ ގެއްލުންހުރި ޖަރާސީމުތައް ނައްތާލަދެއެވެ، އަދި ގޮހޮރު ތެރޭގައި ހަށިގަނޑަށް ފައިދާހުރި ޖަރާސީމުތައް އާލާ ވުމަށްވެސް އެހީތެރިވެދެއެވެ.

އޫލޮންގު ސަޔަކީ ސިއްހަތައް އެތަކެއް ފައިދާތަކެއް ލިބިދޭ ސަޔަކަށްވާއިރު އަޅުގަނޑުމެން މިސައިގެ އަޖުމަބަލާލުން ކޮންމެހެން މުހިއްމެވެ. އޫލޮންގް ސައިގެ އިތުރުން ގްރީން ޓީއާއި، ބްލެކް ޓީ ފަދަ ސައިޔަކީވެސް ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާހުރި މާއްދާތައް އެކުލެވޭ ސައިގެ ވައްތަރުތަކެވެ.

އެހެންކަމުން އެމީހެއްގެ ހަށިގަނޑަށް އެންމެ ރަނގަޅު އަދި އެންމެ ފައިދާކުރާނެ ސައެއް ހިޔާރުކުރުމުގައި އެމީހެއްގެ ސިއްހީ ލަނޑުދަނޑިތަކަށް ނަޒަރު ހިންގައި ވިސްނާލަން ޖެހެއެވެ. އަދި ތިމާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެންމެ ބޮޑަށް އެހީވެދޭނެ ފަދަ ސައެއް ހިޔާރު ކުރުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން