އެމެރިކާގެ ކުރީގެ ރައީސް އަދި ރިޔާސީ ޓިކެޓުގައި މިފަހަރު ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ބަޑިން ދިން ހަމަލާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
“އަޅުގަނޑުގެ އެކުވެރިޔާ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. އެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.” މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަދި ޑިމޮކްރަސީގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް ކަމަށާއި މި ހާދިސާގައި ޓްރަމްޕަށް ލިބުނު އަނިޔާތަކަށް އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް މޯދީ ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި ރެލިއެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ބަޑިޖަހައި ހަމަލާ ދީފައިވާއިރު އޭނާގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ.
ސީކްރެޓް ސާވިސް އިން ބުނާ ގޮތުގައި މި ހާދިސާގައި ޓްރަމްޕަށް ހަމަލާ ދިން މީހާ ވަގުތުން ވަނީ މަރާލާފައެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ސީކްރެޓް ސާވިސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު