އާލިއާ ބަޓް އާއި ޝަރްވަރީ ވާގް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަލްފާ" ގައި ޝާހުރުކް ހާންގެ ކެމިއޯއެއް ފެނިގެން ހިނގައިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދި ފަހުން ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި ފިލްމު "އަލްފާ" ގެ ބަތަލާ ޝަރްވަރީ ވަނީ މި ފިލްމުގައި މަސައްކަތް ކުރެވޭތީ އޭނާ އުފާވާ މިންވަރު ފާޅުކޮށްފައެވެ.
މި އިންޓަވިއުގައި ޝަރްވަރީ ވަނީ އޭނާއަށް މި ފިލްމުގައި މަސައްކަތް ކުރުމުގެ ތެރޭގައި ލިބިފައިވާ ތަޖުރިބާތައް ހިއްސާކޮށްފައެވެ. އޭނާ ސިފަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ޖާސޫސީ ފިލްމެއް ކަމުން ތަފާތު ޑައިނެމިކް އެކްޝަން ސީކުއެންސްތައް ތަޖުރިބާ ކޮށް ދަސްކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިވާކަމަށެވެ. އޭނާ ބުނެފައިވަނީ ކުރިއަށް އޮތް ޒުވާން ޖީލު އިންސްޕަޔާ ވާ ފަދަ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާގެ އެކްޓިން ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ޝަރްވަތީ ބުނެފައިވަނީ އާލިއާ ބަޓްއާއެކު މަސައްކަތް ކުރެވުމަކީ އާލިއާގެ ފަރާތުން އެކްޓު ކުރުމާ ގުޅުންހުރި ކަންތައްތައް ދަސްކުރުމަަށް އޭނާއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން މި އިންޓަވިއުގައި އޭނާވަނީ ސްޕައި ޔުނިވާސްގެ ފިލްމުގައި ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރެވޭތީ އުފާވާކަމަށްވެސް ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ސްޕައި ޔުނިވާސްއާ ބެހޭ ލިޔުމެއްގައި ބޮލީވުޑުގެ ނަން މަޝްހޫރު ތަރިންނާއެކު އޭނާގެ ނަން ލިޔެވިފައިވުމުން އޭނާހުރީ ބަސް ހުއްޓިފައި ކަމަށެވެ. އަދި އޭނާގެ އެކްޓިން ކެރިއަރުގައި އެހާ އަވަހަށް މިފަދަ ކަމެއް ދިމާވުމަކީ އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައިވެސް އޭނާ ވަނީ ބުނެފަައެވެ.
ޝަރްވަރީ ވާގް އަކީ މިހާރު ބޮލީވުޑުގައި ވިދަމުން އަންނަ ތަރިއެކެވެ. އެގޮތުން ބަލާއިރު ޝަރްވަރީ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "މުންޖިޔާ" އަށް ބޮކްސް އޮފީހުގައި ވަނީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު