އެންޑްރޮއިޑު ފޯނު ސްލޯ ވުމުން އުނދަގޫވޭތަ؟
އެންޑްރޮއިޑު ފޯނު ސްލޯ ވުމުން އުނދަގޫވޭތަ؟
ފޯނަށް މާ ގިނަ ދުވަސްވެ، ފޯނުގައި އެއްޗެހިތައް ގިނަވާނަމަ އެންމެ ފަހުގެ އެންޑްރޮއިޑް ސްމާޓު ފޯނުތައްވެސް ސްލޯ ވުމަށް ނުވަތަ ލަސްވުމަށް މެދުވެރިވުމަކީ ދިމާވެދާނެ ކަމެކެވެ.

ފެކްޓްރީ ރީސެޓުކުރުމަކީ މިގޮތައް ފޯނު ލަސްވުމުގެ ސަބަބުން އެންމެންވެސް ހައްލު ހޯދުމަށް ކުރާ ކަމެކެވެ. ނަމަވެސް ފެކްޓްރީ ރީސެޓު ނުކޮށްވެސް ފޯނުގެ މަސައްކަތްތައް އަވަސް ކުރެވިދާނެއެވެ. އެގޮތުން އެންޑްރޮއިޑު ފޯނު ތަކުގެ ސިސްޓަމް އެނިމޭޝަން ޑިސޭބަލް ކުރުމަކީވެސް ފޯނު އަވަސް ކޮށްދޭ ކަމެކެވެ. މި އޮޕްޝަން ޑިސޭބަލް ކުރުމުން ފޯނުގައި ހުންނަ ބޭކާރު އެއްޗެހިތައް ނައްތާލައި ފޯނު މަސައްކަތް ކުރާ ގޮތް ރަނގަޅުކޮށްދެއެވެ.

އެންޑްރޮއިޑު ސިސްޓަމްތަކުގައި ހުންނަ އެނިމޭޝަންތަކުގެ ސަބަބުން މި އެއްޗެހި ބޭނުންކުރާ މީހުންނަށް އެ ބޭނުން ކުރަން ފަސޭހަވެގެން ދެއެވެ. ޕަވަރު ދަށް ފޯނު ފަދަ ވަސީލަތްތަކުގައި މި އެނިމޭޝަންތައް ބޭނުން ކުރާނަމަ އޭގެ ސަބަބުން އެ ވަސީލަތްތައް ލަސްވެ، ލެގްވުމަށް މެދުވެރިވެއެވެ.

އެންޑްރޮއިޑް ވަސީލަތްތަކުގައި އެނިމޭޝަން އޮފް ކުރެވޭނެ ގޮތް:

އެނިމޭޝަން އޮފް ކުރުމަށް އެންމެ ފުރަތަމަ ޖެހޭނީ ޑިވެލޮޕާރ އޮޕްޝަންސް އަށް ވަންނާށެވެ. ޑިވެލޮޕާރ އޮޕްޝަންސް އަށް ވަނުމަށް:

⁃ އެންޑްރޮއިޑް ޑިވައިސްގެ ސެޓިންގްސް ހުޅުވާށެވެ.

⁃ އަދި އެބައުޓް ފޯން ނުވަތަ އެބައުޓް ޑިވައިސް ސެލެކްޝަން ހުޅުވާށެވެ.

⁃ އަދި ބިލްޑް ނަމްބާރ އަށް ހަތް ފަހަރު ފިތާލުމަށްފަހު ޑިވެލޮޕާރ އޮޕްޝަންސް އަންލޮކް ކުރާށެވެ. (ޑިވެލޮޕާރ އޮޕްޝަން އަންލޮކު ކުރުމަށް އެންޑްރަޮއިޑު ވަސީލަތުގެ ޕިން ޖަހާށެވެ.)

⁃ އެއަށްފަހު ސެޓިންގްސް އަށް އަނބުރާ ގޮސް ޑިވެލޮޕާރ އޮޮޕްޝަންސް ހުޅުވާލާށެވެ.

އެނިމޭޝަން އޮފް ކުރާނެ ގޮތް:

⁃ ސެޓިންގްސް އަށް ގޮސް ޑިވެލޮޕާރ އޮޕްޝަންސް ހުޅުވާށެވެ.

⁃ އަދި ޑްރޯވިންގް ނުވަތަ އެނިމޭޝަންސް ހުޅުވާލާށެވެ.

⁃ އެއަށްފަހު ވިންޑޯ އެނިމޭޝަން ސްކޭލާއި، ޓްރާންސިޝަން އެނިމޭޝަން ސްކޭލް އަދި ޑިއުރޭޝަން ސްކޭލް ދަށް ކޮށްލާށެވެ، ނުވަތަ އޮފް ކޮށްލާށެވެ.

އެނިމޭޝަން އޮފްކޮށްލުމުން އެޕްތައް ބަދަލު ކުރާއިރު ކުއްލިއަކަށް އެކަން ވާކަމުގެ އިހުސާސް ކުރެވޭނެއެވެ، ނަމަވެސް މަސައްކަތް ކުރާ މިންވަރު އަވަސްވެ، ޕާފޮމެންސް ރަނގަޅުވާނެއެވެ.

އެންޑްރޮއިޑު ވަސީލަތްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދޭ އެހެން ކަންތަކުގެ ތެރޭގައި އެޕް ކްލޭޝްތައް ކްލިއަރ ކުރުމާއި، ބޭނުން ނުކުރާ އެޕްތައް އަންއިންސްޓޯލް ކުރުމާއި، މީގެ އިތުރުން ސޮފްޓުވެއާރ އަޕްޑޭޓު ކުރުން ހިމެނެއެވެ. މިކަންތައް ގަވާއިދުން ކުރާނަމަ ފޯނު ސްލޯވުން ކުޑަކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން