އިންޑިގޯ ފްލައިޓް ތެރޭގައި އީ-ސިގިރެޓް ނުވަތަ ވޭޕް ބޭނުންކުރި މީހަކު ހައްޔަރުކޮށް އެމައްސަލަ މުމްބާއީ ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ޖުލައިމަހު 8 ވަނަ ދުވަހު އެ ފްލައިޓު ކޮއިމްބަތޫރުން މުމްބާއީއަށް ދަތުރު ކުރަމުން ދަނިކޮށްކަމަށް ފުލުހުން ދިން ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ކެބިން ކުރޫއިންގެ އިސް މެމްބަރަކަށް ފްލައިޓުގެ ސީޓެއްކައިރިން ދުން އަރާކަން ފާހަގަ ވެގެން ދިއުމުން އެ ސީޓުގައި އިން މީހާ ކެބިން ކުރޫއަށް އެހެން ގޮނޑިއެއް ދައްކާފައިވާކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ގޮނޑީގައި އިން ކަނިޝްކް ސިންގް ރާޖްޕުތު ނަމަކަށް ކިޔާ ފަސިންޖަރު ވަނީ ފްލައިޓުގައި ވޭޕު ކުރިކަމަށް އެއްބަސްވެފައެވެ.
މި ފްލައިޓު މުމްބާއީގައި ޖެއްސުމާއެކު މުމްބާއީ ފުލުހުން ވަނީ ރާޖްޕުތް ހައްޔަރުކޮށްގެން އެއާޕޯޓުގެ ފުލުސް ސްޓޭޝަނަށް ގެންގޮސްފައިކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ. އަދި ބާރަތިޔާ ނިޔާންޔާ ސަންހިތާ އާއި މަތިންދާބޯޓު ގަވާއިދުގެ ދަށުން އޭނާއާ ދެކޮޅަށް މައްސަލައެއް ފައިލް ކޮށްފައިވާ ކަމަށް އޮފިޝަލު ވަނީ ކަށަވަރުކޮށްދީފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމެކޭ އެއްފަދައިން ވޭޕް ކުރުމަކީވެސް އެއާލައިނު ތަކުން އެމީހުންގެ ފްލައިޓުތަކުގައި ކުރުން މަނާ ކޮށްފައިވާ ކަމެކެވެ. މިކަން މަނާ ކުރެވިފައިވަނީ އަލިފާނުގެ ހާދިސާތަކާއި އަދި އިލެކްޓްރޯނިކް ސިސްޓަމްތަކަށް ބުރޫއަރައި ދިމާވެދާނެ ނުރައްކާތެރި ހާދިޘާއަކާމެދު ކުރިއާލައި ވިސްނުމަށްފަހު އެކަންތަކުން ރައްކާތެރި ވުމުގެ ބޭނުމުގައެވެ. މީގެ އިތުރުން އެހެން ފަސިންޖަރުންނަށް އުނދަގޫވުން ފަދަ ކަންކަން ދިމާވިޔަ ނުދިނުމަށްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު