ޒުވާން ޚަތީބުން އިމްތިޙާން ކުރުން
ޒުވާން ޚަތީބުން އިމްތިޙާން ކުރުން
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ދެވަނަ ބުރަށް 206 ފޯމް ހުށައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ދެވަނަ ބެޗަށް ޖުމްލަ 206 ފޯމް ހުށަހަޅާފައިވާ ކަމަށާއި ފޯމް ހުށަހެޅި ޒުވާނުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި މަހުގެ ތެރޭގައި އިންްޓަވިއު ނިންމާލައި، ޓްރެއިނިން ޕްރޮގްރާމް ވެސް މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބެޗު މިދިޔަ ފެބްރުއަރީ މަހު ގއ. ގެމަނަފުށީގައި ވަނީ ބާއްވައިފަ އެވެ.

އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 ޒުވާނަކު ބައިވެރިވެ 57 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް ޚަތީބުކަމުގެ ހުއްދަ ހޯދާފައެވެ. އެ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭގައި 700 އިމާމުން ތަމްރީނު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން