އޭ.ސީ.ސީ.ގެ މެމްބަރުން މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީއަށް މިއަދު މެންދުރު ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސް.އޯ.އީ ކޮމެޓީގެ މުގައްރިރު ރައްޔިތުން މަޖލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޭ.ސީ.ސީ.ގެ މެންބަރުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މިއަދު ހާޒިރުކުރުމަށް ހަމަޖެހިފައިވާއިރު، އޭ.ސީ.ސީ.ގެ މެންބަރުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރަށްވާކަމުގެ ތުހުމަތު ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ކުރަށްވަމުންނެވެ.
މެންބަރު ޝުޖާއު ވިދާޅުވީ އޭސީސީ މެންބަރުން މަޖިލީހަށް ޙާޟިރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:30 އަށް ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި އެކޮމިޝަނަށް ހުށައަޅާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅުންހުރި މައްސަލަތައް ކުރިއަށްދާގޮތް އޮޅުން ފިލުވުމާއި ކުންފުނިތައް ހަރުދަނާ ކުރަން ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީއަށް އޭ.ސީ.ސީ ގެ މެންބަރުން ޙާޟިރު ކުރުމަށް ހަމަޖެހިފައިވާއިރު އެ ކޮމިޝަނުން މިދިޔަ އަހަރު އަނބުރާ ހޯދަން ދަޢުލަތުގެ އިދާރާތަކަށް އެންގި 50 މިލިއަން ރުފިޔާގެ ތެރެއިން ހޯދިފައިވަނީ ދެލައްކަ ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު