ނިމިދިޔަ ސަރުކާރުން ފެނަކަ ކުންފުނީގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަަތައް އޭސީސީން އަވަހަށް ބަލައި ނިންމަން ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ގޮވާލައްވައިފި އެވެ.
ރޭ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބޭއްވި ޖަލްސާގައި މުއާޒް ވަނީ ފެނަކައިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް އަލިއަޅުވާލައްވައިފަ އެވެ.
އެގޮތުން ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން އެންމެ ދުވަހަކަށް ރަށަކަށް ގޮސްލަން ރަށްތަކުން ގެތައް، އެތައް މަހަކަށް ކުއްޔަށް ނަގާފައިވާ މައްސަލައެއް ފެންމަތި ކުރެއްވިއެވެ.
އެގޮތުން ހަތް ގެއެއް 164,000 ރުފިޔާގެ މަގުން 17 މަހަށް ކުއްޔަށް ނަގާފައިވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެ ކޮންޓްރެކްޓްތައް ބާތިލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރުވެސް އެ ގެތަކުގެ ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށް ބުނެ ބޮޑެތި ބިލުތައް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ އެފަދަ ކިތަންމެ މައްސަލައެއް ފާހަގަވެފައިވާ ކަަމަށާއި އެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން އެމްޑީ ފާހަގަ ކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑު އޭސީސީއަށް ދަންނަވާލަން ބޭނުންވަނީ ލަސްނުކޮށް ރައްޔިތުންގެ ހައްގުގައި މި މައްސަލަތައް ހައްލުކޮށްދެއްވާށޭ. މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ." މުއާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު