ފެނަކައިގެ ކުރީގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2023 ގައި ސަރުކާރު ބަދަލުވީފަހުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓްގެ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެތެރެއިން ބޮޑު ހަ މައްސަލައެއްގެ ތަހުޤީޤު ކުރިއަށް ގެންދާ ކަމަށް ޝާމިލް ވިދާޅުވިއެވެ. ނަމަވެސް މައްސަލަތަކުގައި ތުހުމަތު ކުރެވެނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިންގެ ތެރެއިން ކޮންބައެއްގެ މައްޗަށްކަމެއް ޝާމިލް ހާމައެއް ނުކުރަށްވައެވެ.
ޝާމިލް ވިދާޅުވީ ފެނަކަ އާއި ގުޅޭ ގޮތުން ފާހަގަ ކުރެވުނު ކަންކަން ޕީސީބީ އާއި ދައުލަތުގެ އެހެން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަފާސްހިސާބު ޙިއްސާ ކުރަށްވަމުން ޝާމިލް މިއަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ޕްރިމިލަނީ މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 316 މައްސަލައެއް އޮތް ކަމަށާއި އިތުރަށް ތަހުގީގުކުރާ މަރުހަލާގައި 580 މައްސަލަ އޮތް ކަމަށް ޝާމިލް ވިދާޅުވިއެވެ.
ކުންފުނިތަކުގެ މެނޭޖްމަންޓުގެ މައްސަލަތައް ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް މުވައްޒަފުން ބަޔާން ދިނުމަށް ދެކޮޅު ހެދުން ކަމަށާއި ނަމަވެސް ކުންފުނީގެ މެނޭޖްމަންޓް ބަދަލުވުމުން ކުރީގެ ވެރިންގެ މައްސަލަތަކުގައި ބަޔާން ދިނުމަށް މުވައްޒަފުން ފަސްނުޖެހޭ ކަމަށްވެސް ޝާމިލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު