އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފްތިތާހުކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމްގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ވެބްސައިޓް ޖުލައި 26 ގައި އިފްތިތާހުކުރެވިގެންދާނެ ކަމަށާއި މި ވެބްސައިޓްގައި އޮންލައިން ލައިބްރަރީއެއްވެސް ހުންނާނެ ކަމަށެވެ. އަދި އޮންލައިން ލައިބްރަރީގައި ހުރި ފޮތްތައް ޑައުންލޯޑްކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“2008 ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ އިންޝާ ﷲ.” މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ އާ ވެބްސައިޓުގައި ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއް ހުންނާނެ ކަމަށާއި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ކަމަށެވެ.

އާ ވެބްސައިޓުގައި އިދާރީ ހުރިހައި މުޢާމަލާތަކާ ގުޅޭ މައުލޫމާތާއި އުޞޫލުތަކާއި ފޯމްތައް ވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން