ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން.
ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން.
ބޮލީވުޑުގެ ނަން މަޝްހޫރު ތަރި ސައިފް އަލީ ޚާން ތަފާތުގޮތަކަށް ފެނިގެންދާ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ލަވައެއް ބުދާޕެސްޓުގައި ޝޫޓު ކޮށްފިއެވެ.

ސައިފް އަލީހާންގެ މިފިލްމަކީ ޕްރޮޑިއުސަރ ރޮބީ ގްރެވަލް އުފައްދައި، ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޖުވެލް ތީފް" އެވެ. މިފިލްމުގައި ސައިފް އަލީ ޚާންގެ އިތުރުން ޖައިދީޕް އަހުލަވާތުއާއި، ކުނާލް ކަޕޫރު އަދި ނިކިތާ ދައްތާ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

ސިދާތު އާނަންދުގެ ކުރިއަށް އޮތް މިފިލްމަށް މީސް މީޑިއާގައި ބެލުންތެރިންގެ ވަރަށް ބޮޑަށް ތަރުހީބެއް މިހާރުވެސްވަނީ ލިބިފައެވެ. އަދި މިހާރު ބެލުންތެރިން ތިބީ މިފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެެވެ.

ޕީޕިން މޫން އިން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން ފިލްމު ޖުވެލް ތީފްގެ ލަވައެއް ވަނީ ދާދި ފަހުން ބުޑަޕެސްޓްގައި ޝޫޓު ކޮށްފައެވެ. އެހެން ނަމަވެސް އެ ލަވަ މުޅިން ފުރިހަމަކޮށް ނިމޭނީ މުމްބާއީގައި ކުރިއަށްގެންދިޔުމަށް ނިއްމާފައިވާ ޝޫޓިންތަކާއެކުގައި ކަމަށް ރިޕޯޓުގައި ވެއެވެ. އެހެންކަމުން މިލަވަޔަކީ ބުޑަޕެސްޓުގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ހިތްގައިމުކަން ފެނިގެންދާނެ ހިތްގައިމު ލަވައެއްކަމާމެދު ޝައްކެއް ނެތެވެ.

ޕީޕީންމޫންގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ 10 ދުވަސް ތެރޭގައި މި ފިލްމުގައި ހިމެނޭ ބައެއް އެކްޝަން ސީކުއެންސް ތައްވެސް ބުޑަޕެސްޓުގައި ޝޫޓު ކޮށްފައިވާކަމަށެވެ.

މި ފިލްމަށް ތައްޔާރު ވުމުގެ ގޮތުން މީގެ އެއްއަހަރު ކުރިން ސައިފްވަނީ ކަސްރަތު ކުރަން ފަށާފައެވެ. އަދި ހަށިގަނޑު ފިޓުކޮށް ބެހެއްޓުމަށާއި ސިކްސްޕެކް ގެނައުމަށް އޭނާ ވަނީ ލަނޑުދަނޑި ކަނޑައަޅައި އެކަން ފިލްމު ފެށުމުގެ ކުރީން ހާސިލުކޮށްފައެވެ.

އެހެންކަމުން ޖުވެލް ތީފުން ސައިފު ފެނިގެންދާނީ ފިލްމުގެ ޕްރޮޑިއުސަރ ރޮބީ ގްރެވަލް ބޭނުންވި ކެރެކްޓަރ ފިޓް މީހެއްގެ ގޮތުގައެވެ. އަދި ސައިފް ހަށިގަނޑަށް ގެނައި ބަދަލަކީ ސީދާ ޕްރޮޑިއުސަރ ތަސައްވަރު ކޮށްފައިވާ ސިފަ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ޝޫޓިން ކުޑަ ދުވަސްކޮޅެއް ގެރޭގައި އެއްކޮށް ނިމޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ރިޕޯޓުގައިވާ ގޮތުގައި މިހާރު ރޮބީ މަސައްކަތް ކުރަމުން ދަނީ މި ފިލްމު އޮކްޓޯބަރު މަހުގައި އެއްކޮށް ނިންމާލުމަށެވެ.

ފިލްމު ޖުވެލްތީފްގެ އިތުރުން ދެން އެންމެ އަވަހަށް ސައިފް ފެނިގެންދާނީ ފިލްމު "ދެވަރާ" އިންނެވެ. ޓެލެގޫ ބަހުން ގެނެސްދޭ މި ފިލްމުގައި ސައިފް ކުޅޭނީ ފުލުސް އޮފިސަރެއްގެ ރޯލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން