ރަންބީރް ކަޕޫރާއި ފަވާދު ޚާން.
ރަންބީރް ކަޕޫރާއި ފަވާދު ޚާން.
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރުއާއި އަދިވެސް ގާތްގުޅުން އޮންނަ ކަމަށް ޕާކިސްތާން ތަރި ފަވާދު ޚާން ބުނެފިއެވެ.

ބޮލީވުޑުގައި އެހާ ގިނަ ފިލްމެއް ކުޅެފައި ނުވީނަމަވެސް މަޝްހޫރު އެކްޓަރު ފަވާދު ޚާނަކީ އިންޑިއާގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ.

ދާދި ފަހުން ޕިންކް ވިލާ އަށް ދިން އިންޓަވިއުއެއްގައި ފަވާދު ބުނެފައިވަނީ ރަންބީރު ކަޕޫރާއި އޭނާއަކީ ވަރަށް ގާތް ރަހްމަތްތެރިން ކަމުގައެވެ. އަދި ފަވާދުވަނީ އަދިވެސް އޭނާ ރަންބީރުއާއި ރަންބީރުގެ އާއިލާ މީހުންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރާކަން ހާމަކޮށްފައެވެ. ފަވާދު ޚާން އާއި ރަންބީރު ވަނީ މީގެ ކުރިން ފިލްމު "އޭ ދިލް ހެ މުޝްކިލް" ގައި އެކުގައި މަސައްކަތް ކޮށްފައެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ އަނުޝްކާގެ ފިރިމީހާގެ ރޯލެވެ.

ފަވާދު ޚާން ބޮލީވުޑުގެ ފިލްމަކަށް އެންމެ ފުރަތަމަ ކުޅެފައިވަނީ ޝަޝަންކާ ގޯޝްގެ ފިލްމެއް ކަމަށްވާ "ޚޫބްސޫރަތް" ގެ ލީޑް ރޯލެވެ. މި ފިލްމުގައި އޭނާއާއެކު ދެން މަސައްކަތް ކޮށްފައިވަނީ ސޯނަމް ކަޕޫރެވެ. މި ފިލްމަށް ފަހު އޭނާ ވަނީ "ކަޕޫރް އެންޑް ސަންސް" ގައިވެސް މަސައްކަތް ކޮށްފައެވެ.

ދެން އެންމެ އަވަހަށް ފަވާދު ފެނިގެން ދާނީ ޒީ5 އިން ގެނެސްދޭ ސީރީސް "ބަރްޒަޚް" އިންނެވެ. މި ސީރީސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. މީގެ އިތުރުން ފަވާދު ޚާން ވަރަށް އަވަހަށް ބޮލީވުޑުން އަނެއްކާވެސް ފެނިގެންދާނެ ކަމަށްވެސް ހަބަރު ތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން