އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭން އެދިފައިވާ މައުލޫމާާތުތައް ނުދެވިގެން އުޅެނީ ލިޔެކިއުންތައް ގެއްލުވާލައިފައިވާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ފެނަކައިން އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ ރައްޔިތުންގެ ހައްގުގައި އެފަދަ މައްސަލަތައް އަވަސްކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މައްސަަލަތައް ލަސްވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ފެނަކައިން ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ލަސްވުމުން ކަމަށެވެ.

އެގޮތުން އޭގެ އެންމެ މިސާލެއްގެ ގޮތުގައި ޝާމިލް ވިދާޅުވީ މިދިޔަ އެޕްރީލް މަހު ހޯދަން އެދި ފޮނުވާފަ އޮތް މައުލޫމާތެއް ވެސް އަދި ނުލިބޭ ކަމަށެވެ.

އެކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް އެކްސްގައި ވިދާޅުވީ އެއްވެސް އިދާރާއަކަށް ބޭނުންވާ މައުލޫމާތު ނުހިފަހައްޓަވާނެ ކަމަށެވެ.

"ކުރީގެ ލިޔެކިއުންތައް ހޯދުމުގައި ދަތިވެގެން އުޅެނީ ލިޔެކިޔުންތައް ގެއްލުވާލާފައިވާތީ." މުއާޒް ވިދާޅުވި އެވެ.

އޭސީސީން އިއްޔެ ބުނީ ފެނަކައިގެ މެނޭޖްމަންޓާ ގުޅޭ ބޮޑު ހަ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން