ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް އަވައްޓެރި ގައުމުތަކުން އިތުރު ތަމްރީނު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން އިތުރު 20 އިމާމަކު ބުރޫނާއީއަށް މިރޭ ފުރާގޮތަށް ހަމަޖެހިއްޖެއެވެ.
މިރޭ ފުރާ އިމާމުންނާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ.
ސަރުކާރުން ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން އިމާމުން ބޭރުގެ ގައުމުތަކަށް ތަމްރީނަށް ފޮނުވާ މިއީ ތިންވަނަ ފަހަރެވެ.
އެގޮތުން މި އަހަރު ޖުމުލަ 60 އިމާމަކު ވަނީ އެކި ގައުމުތަކުން ތަމްރީނު ހޯދާފައެވެ.
އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު