ސްޓެލްކޯގެ މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް ނޮލެޖް ހަބް ވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ، ސްޓެލްކޯ ނޮލެޖް ހަބްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.

ފަހުމީ ވިދާޅުވި، ސްޓެލްކޯ ނޮލެޖް ހަބް އިފްތިތާހު ކުރެވުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. ސްޓެލްކޯއަކީ އުމުރުން ވަރަށް ދުވަސްވެފައިވާ ކުންފުންޏެއްކަން ފާހަގަ ކުރައްވައި ފަހުމީ ވިދާޅުވީ، ކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް، މުސްތަގުބަލު ރާވާ ޕްލެޓްފޯމަކަށް މި ނޮލެޖް ހަބް ވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސްޓެލްކޯ ނޮލެޖް ހަބަކީ އީޖާދީ ވިސްނުމާ ޚިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާސިލް ވުމުގެ އަޒުމުގައި ސްޓެލްކޯއިން ފެށި ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއިން ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްގީ ކުރުމުގެ ރޫހާ، ބަދަހިކަމާއެކު ގުޅިގެން ކުރިއެރުވުމުގެ ފިކުރު އަށަގެންނެވުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން، މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ ޓްރެއިނަރުން އުފައްދައި، ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން