ކީރިތި ޤުރްއާން ހިލޭ ކިޔެވޭނެ ކުލާސްތައް އިތުރު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އެހެންކަމުން މާލީ ގޮތުންނާ ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ޒުވާން ޖީލުގެ ޢަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިހުޒަމާނުގައި ރާއްޖޭގައި ޤުރްއާން ކިޔެވުމާއި ކިޔަވައިދިނުން ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން ވެސް އަލިއަޅުއްވާ ލައްވާފައެވެ.
“ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނާދޭން ފަށާ ހިސާބުން ކީރިތި ޤުރުއާން ދަސްކޮށްދޭން ފެށުން. އެ ކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔަވަން ދަސްކޮށްދޭން ފެށުނު. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާ ޢިޝާނަމާދާ ދެމެދު ކޮންމެ ގެޔެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮވޭ.” އިހުޒަމާނުގައި އެކަން ކުރިއަށްދިޔަ ގޮތް ވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ދަރީންނަށް ޤުރްއާން ކިޔެވުމުގެ މަގުފަހި ކޮށްދިނުމުގެ ގޮތުން، ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އަދި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް، ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާ މިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު