މަޝްހޫރު ބީޓީއެސް ގުރޫޕުގެ ޖިން.
މަޝްހޫރު ބީޓީއެސް ގުރޫޕުގެ ޖިން.
މަޝްހޫރު ބީޓީއެސް ގުރޫޕުގެ ޖިންއަށް ކޮރެއާގެ ޑްރާމާތަކުގެ ތެރެއިން އެންމެ ކަމުދަނީ ކުއީން އޮފް ޓިއާސް ކަމަށް އޭނާ ބުނެފިއެވެ.

ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖިން މިވާހަކަ ހިއްސާކޮށްފައިވަނީ ދާދި ފަހުން އޭނާ ކުރިއަށްގެންދިޔަ ފޮޓޯޝޫޓެއްގެބތެރޭގައެވެ. ޑަބްލިއު ކޮރެއާއިން އިންތިޒާމްކުރި މިފޮޓޯ ޝޫޓުގައި ޖީން ވަނީ އޭނާގެ ރީތި ސިފަތަށް ދައްކާލުމުގެ އިތުރުން ކޮރެއާގެ ޑްރާމާތަކުގެ ދުނިޔޭގައި އޭނާ އެންމެ ގަޔާވާ ޑްރާމާގެ ނަންވެސް ހާމަކޮށްފައެވެ.

މި ފޮޓޯޝޫޓުގެ ތެރެއިން އޭނައާއެކު ކުރިއަށްގެންދެވުނު ކުއްލި ސުވާލާއި ޖަވާބު ސެޝަނެއްގައި ޖިން އަށް މިހާރު އެންމެ ކަމުދާ ކޮރެއަން ޑްރާމާއާ ބެހޭ ގޮތުން ސުވާލު ކުރެވުމުން އޭނާ ބުނެފައިވަނީ އޭނާ މިހާރު އެންމެ ގަޔާވަނީ މިހާރުގެ ހިޓު ޑްރާމާއެއް ކަމަށްވާ ކުއީން އޮފް ޓިއާސް ކަމަށެވެ. އެންމެ ފުރަތަމަ އެޕިސޯޑުން ފެށިގެން ނުބެލި ނަމަވެސް، މި ޑްރާމާއިން އޭނާގެ ސަމާލުކަން ހޯދާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުއީން އޮފް ޓިއާސްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖިން ވަނީ އެ ޑްރާމާ އެހާ ކަމުދާން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ އެޑްރާމާގެ ބަތަލު ކިމް ސޫ ހިޔުން ކުޅެމުންދާ ކެރެކްޓަރ ގެ ފުރިހަމަ ކަމުންނެވެ. ޖިން އިތުރަށް ކިޔައިދިން ގޮތުގައި އެ ޑްރާމާ އޭނާގެ ސަމާލުކަން ދަމައިގަތީ އޭގައި ކިމް ސޫ ހިޔުންގެ ވަކި ސީނެއް ފާހަގަކޮށްފައެވެ.



ޖީން ބުނިގޮތުގައި އެ ސީންގައި ހިޔުން ވޫ މަސްތުގެ ހާލުގައި ހުރެ ގެއަށް ދިޔަ މަގުމަތީގައި މަލެއްގެ ފިޔަތަށް ބޭނުން ކޮށްގެން ޖިމް ކީ ވޮންގެ ކެރެކްޓަރު ކަމަށްވާ ހާއީ އިން ދެކެ ލޯބިވޭތޯ ކަށަވަރު ކުރަން އުޅޭ މަންޒަރެވެ. އަދި މިއީ އެ ޑްރާމާގައި އޭނާއަށް އެންމެ ކަމުދިޔަ މަންޒަރު ކަމަށާއި ކުރީގެ ބައިތައް ބެލިފައިނުވިނަމަވެސް އެމަންޒަރުން މި ޑްރާމާބަލަން ޝައުގުވެރިކަން އުފެދުނީކަމަށެވެ.

"އެމަންޒަރު ފެނުމުން އެ ޑްރާމާ ޝައުގުވެރިކަން ދަމައިގަތް. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކޮރެއާ ޑްރާމާ ބަލާ މީހުންނަށް ކަމުދާނެ ޑްރާމާ އެއް"

ޑްރާމާ އިތުރަށް ބެލުމަށް ޝައުގުވެރިކަން އުފައްދައިދިން ވަކި ސީނެއްގެ ވާހަކަ ހިއްސާކުރަމުން ޖީން ބުނެފައިވެއެވެ.

އުމުރުން 31 އަހަރުގެ ޖިން ވަނީ މި އަހަރު މިލިޓަރީ ޓްރެއިންގ ނިންމާފައެވެ. މިއީ ބީޓީއެސް ގުރޫޕުން ފުރަތަމަ މިލިޓަރީ ޓްރެއިނިން ނިންމި ލަވަކިޔުންތެރިޔާ ވެސްމެއެވެ. އޭނާ މިހާރު އަންނަނީ ސޯލޯ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އަލްބަމް މި އަހަރުގެ ފަހުކޮޅު ނެރޭނެއެވެ. ޖިންގެ ލަވަގަކުގެ ތެރެއިން އެންމެ މަގުބޫލު ލަވަތަކުގެ ތެރޭގައި އެވޭކްއާއި، މޫންއާއި، ދަ އެސްޓްރޮނައުޓް ފަދަ ލަވަތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން