ބޮލީވުޑުގެ މަޝަހޫރު ތަރިން ބޮބީ ޑިއޯލް އާއި ޕްރީތީ ޒިންތާ އަދި ޕްރޮޑިއުސަރ ރަމޭޝް ތުރާނީ
ބޮލީވުޑުގެ މަޝަހޫރު ތަރިން ބޮބީ ޑިއޯލް އާއި ޕްރީތީ ޒިންތާ އަދި ޕްރޮޑިއުސަރ ރަމޭޝް ތުރާނީ
ބޮލީވުޑަށް 1998 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "ސޯލްޖަރ"ފިލްމުގެ ސީކުއެލްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާކަމަށް ފިލްމުގެ ޕްރޮޑިއުސަރ ރަމޭޝް ތުރާނީ ހާމަކޮށްފިއެވެ.



ބޮލީވުޑުގެ މަގްބޫލު ޕްރޮޑިއުސަރ ރަމޭޝް ތުރާނީ ނިއުސް 18 އަށް މިކަން ކަށަވަރުކޮށްދެމުން ބުނީ މިޕްރޮޖެކްޓް ޕްލޭންކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.



ޕްރޮޑިއުސަރާއި ހަވާލާދީ ނިވްސް 18 އިން ރިޕޯކޮށްފައިވާ ގޮތުގައި ސޮލްޖަރ ފްރެންޗައިޒް ތަރައްގީ ކުރުމަށް އޭނާ ރާވާފައިވާ ޕްލޭން ވަރަށް އަވަހަށް ޙަޤީޤަތަކަށް ބަދަލުވެގެންދާނެ އެވެ. އެގޮތުން ސޯލްޖާރ 2 އަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރެވެމުންދާ ޕޭޕަރުގެ މަސައްކަތްތައް ނިމުމުން އަންނަ އަހަރު ޝޫޓިން ފަށާނެ ކަމަށްވެސް ޕްރޮޑުއުސަރު ކަށަވަރު ކޮށްދީފައިވާކަމަށްވެސް ނިވްސް 18 ރިޕޯޓުގައި ބުނެފައިވެއެވެ.

ފިލްމު "ސޯލްޖާރ"ގެ ލީޑު ރޯލުތަކުން ފެނިފައިވަނީ މަޝްހޫރު ތަރިން ކަމަށްވާ ބޮބީ ޑިއޯލް އާއި ޕްރިތީ ޒިންތާއެވެ. ސޯލްޖާ 2ގެ ކާސްޓުގައި ހިމެނޭ މީހުންނާ ބެހޭގޮތުން ސުވާލު ކުރުމުން ތުރާނީ ބުނެފައިވަނީ ކާސްޓުންނާމެދު ގޮތެއް ނިންމާނީ މި ފިލްމުގެ ވާހަކަ ބައްޓަން ކުރާ ގޮތުގެ މައްޗަށް ބަލާފައި ކަމަށެވެ.

މި ހަބަރު ތުރާނީ ކަށަވަރު ކޮށްދީފައިމިވަނީ ދާދި ފަހުން ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ބޮބީ ޑިއޯލް މި ފިލްމުގެ ސީކުއެލް އެއް ނެރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައި ވަނިކޮށެވެ. އޭނާ އެހެން ބުނެފައިވަނީ ސޯލްޖާރ އަކީ ވަރަށް ގިނަ މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދި ފިލްމަކަށް ވާތީއެވެ. އަދި މިއީ ބޮބީ ޑިއޯލްގެ ބްލޮކްބަސްޓަރ ފިލްމުތަކުގެ ތެރެއިން އެންމެ މަގްބޫލު ފިލްމަށްވާތީވެސް މެއެވެ.

ޕިންކް ވިލާއަށް ބޮބީ ޑިއޯލް ދިން އިންޓަވިއުގައި އޭނާ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "އެނިމަލް" އަށް ލިބުނު ކާމިޔާބީއަށްފަހު ސޯލްޖާރގެ ދެވަނަ ބައެއް ހަދާނަމަ އޭނަައަށް އެ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެކަމަށް އުންމީދު ކުރާ ކަމަށް ފާހަގަ ކޮށްފައެވެ.

މި އަހަރުގެ ކުރީކޮޅު ރޭޑިއޯ ނަޝާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އައްބާސް އާއި މުސްތާން ބުނެފައިވަނީ ޕްރިތީ ޒިންތާ ވަނީ ތުރާނީއާއެކު ތިން ފިލްމު ޑީލުގައި ސޮއިކޮށްފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފިލްމަކީ ސޯލްޖާރ 2 ކަމަށްވެސް އެ ދެމީހުން ވަނީ ބުނެފައެވެ.



ރިޕޯޓުތައް ބުނާ ގޮތުގައި ބޮބީ ޑިއޯލް މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓެލަގޫ އަދި ތަމަޅަ ފިލްމުތަކުގެ ތެރެއިން ކަންގުވާ، ހަރީ ހާރާ ވީރާ މައްލޫ، އަދި އެންބީކޭ 109 ފަދަ ފިލްމުތަކުގައެވެ. މީގެ އިތުރުން ޕްރިތީ ޒިންތާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ލާހޯރް 1947" އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން