މި މަހުގެ މިހާތަނަށް ރާއްޖެއަށް 77,000 އެއްހާ ފަތުރުވެރިން ރާާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މި މަހުގެ 15އާ ހަމައަށް ރާއްޖެއަށް ވަނީ 76،837 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
އެއާއެކު ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1،092،366 އަށް އަރާފަ އެވެ.
މި އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހު އެވްރެޖްކޮށް 5122 ފަތުރުވެރިން ދަނީ ރާއްޖެއަށް ޒިޔާރަތްކުރަމުން ނެވެ.
އެހެން ނަމަވެސް ފާއިތުވި ދެ މަހު ރާއްޖެއަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޮތީ ދަށްވެފަ އެވެ.
އެކަމަކު މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންނާއެކު މި މަހު ރާއްޖެއަށް ޒިތާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރީ ދެ މަހަށްވުރެ އިތުރުވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން އެވެ. އެއީ 136.728 ފަތުރުވެރިންނާއެކު އެވެ.
ދެވަނައިގައި އޮތީ 114،981 ފަތުރުވެރިންނާއެކު ރަޝިއާ އެވެ،

ކިޔުންތެރިންގެ ހިޔާލު