އައްޑޫ ސިޓީގައި ޕިކްނިކް އައިލެންޑެއް ހަދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕިކްނިކް އައިޑެންޑެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ ރަށް ތަރައްގީ ކުރާނީ އަައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައި ކަމަށެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އައުހެރައި ޕިކްނިކް އައިލެންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 31 ވަނަ ދުވަހު ހެދުނު 10:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމި އިރު، އައްޑޫގެ ރައްޔިތުން ޕިކްނިކަށް ދާނެ ވަކި ހާއްސަ ތަނެއް ނެތުމަކީ އާންމުންގެ ތެރޭގައި އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އާބާދީ ބޮޑު އައްޑޫގައި ޕިކްނިކް ހަދަން ކުރިން ދިޔަ ގިނަ ތަންތަން ކުރިޔަށް އޮތް ތަނުގައި ބޭނުން ނުކުރެވޭނެ ގޮތަށް ތަރައްގީގެ ގިނަ ޕްރޮޖެކްޓުތައް ވަނީ ފަށާފައެވެ.

މާލެ ފިޔަވައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ޕިކްނިކް އައިލެންޑެއް ހަދަން މީގެކުރިން ވެސް އައްޑޫ ސިޓީ ކައުންސިލުން މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2021 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައިވެސް ޕިކްނިކް ޒޯނެއް ތަރައްގީ ކުރަން ކައުންސިލުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން