ފަތްޕިލާވެލީގެ ބާވަތްތަކަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ބޭސްފަރުވާއަށް ޒަމާނުއްްސުރެ ބޭނުން ކުރަމުން އައިސްފައިވާ ބާވަތްތަކެކެވެ. ހަކުރު ބައްޔާއި އާތްރައިޓިސް ފަދަ ދިގު މުއްދަތަށް ދެމިގެންދާ ބަލިތަކަށް ފަރުވާ ކުރުމުގެ ގޮތުން ވަރަށް ގިނަ މީހުން ފަތްޕިލާވެލީގެ ބާވަތްތައް ބޭނުން ކުރެއެވެ. އެގޮތުން ބަލާއިރު ފެނުގްރީކަކީ ސިއްހަތަށް ވަރަށް ފައިދާހުރި ފަތްޕިލާވެލީގެ ބާވަތެކެވެ.

ފެނުގްރީކް ނުވަތަ އޯބަތަކީ އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްްޗެކެވެ. އެގޮތުން ކާނާގެ ރަހަ ރަނގަޅު ކުރުމުގައާއި، ފަތްޕިލާވެލީގެ ބާވަތެއްގެ ގޮތުގައާއި މީގެ އިތުރުން ތަރުކާރީއެއްގެ ގޮތުގައިވެސް ފެނުގްރީކު ބޭނުން ކުރެވިދާނެއެވެ. ފެނުގްރީކް މުލަކީ ރަހަ މީރު އެއްޗަކަށް ވީއިރު، މިއީ ވަރަށް ސިއްހަތަށް ފައިދާހުރި އެއްްޗެކެވެ. އަދި މިއީ ސުޕަފުޑެއްވެސް މެއެވެ.

ފެނުގްރީކް މުލަކީ އޭގައި ވަރަށް ގިނަ ނިއުޓްރިއެންޓުތަައް އެކުލެވޭ އެއްޗެކެވެ. އެގޮތުން އޭގައި ވިޓަމިން އޭ، ބީ، ސީ، އަދި އީ ހިމެނެއެވެ. މީގެ އިތުރުން އަޔަން އާއި، ޕޮޓޭސިއަމްއާއި ކެލްސިއަމް ފަދަ މިނެރަލްތައްވެސް ފެނުގްރީކު މުލުގައި ހިމެނެއެވެ. މި ނިއުންޓްރިއެންޓު ތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗިއްސެވެ.

ފެނުގްރީކަކީ ހަޖަމު ކުރުމުގެ ނިޒާމާށް ދިމާވާ މައްސަލަތައްވެސް ހައްލު ކޮށްދޭ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިފައި ވުމުގެ ސަބަބުން ކާއެއްޗެހި ހަޖަމު ކުރުމަށް އެހީވެދެއެވެ. އަދި ބަނޑު ހަރުވުމުގެ މައްސަލަ ކުޑަކޮއްދީ ގޮހޮރުގެ އެކި މައްސަލަތައް ހައްލު ކޮށްދިނުމަށް އެހީވެއެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު އެއް ހަމައެއްގައި ބަހައްޓަދިނުމަށްވެސް ފެނުގްރީކު އެހީވެއެވެ. ފެނުގްރީކަކީ އޭގައި ސޮލިއުބަލް ފައިބަރު އެކުލެވޭ އެއްޗެކެވެ. މި ފައިބަރުތަކަކީ ލޭގެ ހަކުރު ލެވެލްތައް އެއް ހަމައެއްގައި ބެހެއްޓުމުގައި އެހީތެރިވެދޭ އެއްޗިއްސެވެ. ގަވާއިދުން ފެނުގްރީކު ކާނަމަ ހަކުރުބަލި ފަދަ ބަލިތައް ޖެހުމުން ރައްކާތެރި ކޮށްދެއެވެ.

ފެނުގްރީކަކީ ބަރުދަން ލުއި ކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ. ފެނުގްރީކަކީ ގިނަ އަދަދަކަށް ޕްރޮޓީނާއި ފައިބަރު އެކުލެވޭ އެއްޗަކަށްވުމުނ ޖޭ މ މި ބޭނުން ކުރާނަމަ ބަނޑު ފުލް ކަމުގެ އިހުސާސް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލެއްގެ މައްޗަށް ކެލޮރީސް އެތެރެކުރެވޭ މިންވަރު މަދުކޮށްދީ ބަރުދަން ލުއި ކުރުމަށް އެހީވެދެއެވެ.

މީގެ އިތުރުން ފެނުގްރީކު ގަވާއިދުން ބޭނުން ކުރާނަމަ ހިތުގެ ބަލިތަކުން މީހާ ރައްކާތެރި ކޮށްދެއެވެ. އަދި ދިގުމުއްދަތަށް ދެމިގެންދާ ބަލިތަކުން މީހާ ރައްކާތެރި ކޮށްދިނުމަށްވެސް އެހީވެއެވެ. އަދި ހަމަ އެހެންމެ މީހާގެ ހަންގަނޑު ރީތި ކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ކަށި ފީވުން ފަދަ ބަލިތަކުންވެސް މީހާ ސަލާމަތްކޮށްދެއެވެ.

ފެނުގްރީކަކީ ހަށިގަނޑަށް ވަރަށްވެސް ފައިދާހުރި އެއްޗެކެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ އެންމެންވެސް ކޮންމެ ދުވަހަކު ކެއުމުގައި މި ބާވަތް ބޭނުން ކުރެވޭތޯ ބަލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން