ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަޔުޝްމަން ކުރާނާ.
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަޔުޝްމަން ކުރާނާ.
ފިލްމުތަކާ ނުލާ އުޅެވުނަސް މިއުޒިކާ ނުލާ ނޫޅެވޭނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިއެއް ކަމަށްވާ އަޔުޝްމަން ކުރާނާ ބުނެފިއެވެ.

ދާދި ފަހުން ޔޫޓިއުބުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އަޔުޝްމަން ވަނީ އޭނާގެ ދިރިއުޅުމުގައި މިއުޒިކަކީ ކިހާ މުހިންމު އެއްޗެއްކަން ހިއްސާކޮށް ވާހަކަ ދައްކާފައެވެ. މި ވީޑިއޯގައި އަޔުޝްމަން ބުނެފައިވަނީ މިއުޒިކަކީ އޭނާގެ ދިރިއުޅުން ކަމަށާއި، ފިލްމުތަކާ ނުލާ އުޅެވުނަސް މިއުޒިކާ ނުލާ އޭނާއަށް ނޫޅެވޭނެ ކަމަށެވެ.

އަޔުޝްމަން މިއުޒިކް ސިފަ ކޮށްދީފައިވަނީ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ހަނދާން ކޮށްދޭ އަދި ދިރިއުޅުމުގައި ދިމާވާ ކުދި ކުދި ކަންތަކުން އުފާހޯދަދިނުމަށް އެހީވާ އެއްޗެއްގެ ގޮތުގައެވެ. އޭނާ ބުނެފައިވަނީ ދިރިއުޅުމަކީ ކުޑަ ކުޑަ ވަގުތުކޮޅުތަކުން ފުރިފައިވާ އެއްޗެއް ކަމަށާއި އަދި އޭނާގެ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއްގެވެސް އަގު އެންމެ ފުރިހަމަ ގޮތުގައި އޭނާ ވަޒަން ކުރާ ކަމަށެވެ.

އަޔުޝްމަން ބުނެފައިވާ ގޮތުގައި އޭނާއަށް ލަވައެއްގެ ހިޔާލު ލިބުމުން އޭނާ އެންމެ ފުރަތަމަވެސް އެއަށް ވޮއިސް ނޯޓެއް ހަދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އޭނާގެ ލަވަތައް ލިޔަނީ ވައިގެ މަގުން ދަތުރުކުރާއިރު ކަމަށެވެ. މިގޮތަށް ވައިގެ މަގުން ދަތުރު ކުރާއިރު ލަވަތައް ލިޔަނީ އެއްވެސް ކަހަލަ ޑިސްޓްރެކްޝަން އެއް ނެތި އޭގެ ތެރެއަށް އެއްކޮށް ވަދެވި ހުރެ ލިޔެވޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލަވަކިޔުމާއި އެކްޓިންގެ އިތުރުން މިއުޒިކް އިންސްޓްރުމެންޓްތައް ކުޅެން ވެސް އަޔުޗްމަންއަށް އެނގެއެވެ. އެގޮތުން އޭނާ ކުޅޭ އިންސްޓްރުމެންޓުތަކުގެ ތެރޭގައި ގިޓާއާއި، ކީބޯޑުގެ އިތުރުން ޑްރަމެވެ. މީގެއިތުރުން އަނގައިން ފުމެގެން ކުޅޭ ބައެއް އިންސްޓްރުމެންޓުތައްވެސް ކުޅެން އެނގޭކަމަށް އަޔުޝްމަން ވަނީ ބުނެފައެވެ.

އަޔުޝްމަން އެންމެ ފަހުން ނެރުނު ސިންގަލް ލަވައިގެ ނަމަކީ "ރެހް ޖާ" އެވެ. މި ލަވައަށް ބެލުންތެރުންގެ ބޮޑު ތަރުހީބެއް ވަނީ ލިިބިފައެވެ. އޭނާގެ ބައެއް މަޝްހޫރު ލަވަ ތަކުގެ ތެރޭގައި ޕާނީ ދާ ރަންގް އާއި، މިއްޓީ ދީ ޚުޝްބޫ އާއި، އަދި މެރޭ ލިޔޭ ތުމް ކާފީ ހޯ ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް މަގުބޫލު ލަވަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން