ސްމާޓް ފޯނަކީ މިއަދުގެ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ގެޖެޓެވެ.
ސްމާޓް ފޯނަކީ މިއަދުގެ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ގެޖެޓެވެ.
ސްމާޓް ފޯނަކީ މިއަދުގެ ބަވަނަވެފައިވާ ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ގެޖެޓެވެ. މި ޒަމާނުގައި ސްމާޓް ފޯނު ބޭނުން ނުކުރާ މީހުން ވަރަށް މަދު ވާނެއެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން ދޮށީ އުމުރުފުރައިގެ މީހުންނާ ހަމައަށްވެސް ސްމާޓް ފޯނު ބޭނުން ކުރެއެވެ. މިއީ އަޅުގަނޑުމެންނަށް މުއާސަލާތު ކުރުމުގައި އާއި އަދިވެސް އެހެނިހެން ކަންކަމުގައި ވަރަށް އެހީތެރިވެދޭ އެއްޗެކެވެ.

އެންޑްރޮއިޑު ފޯނު ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ފޯނުގެ ޗާޖު އަވަހަށް ހުސްވުމުގެ މައްސަލައެވެ. އެންމެ 24 ގަޑި އިރަށްވެސް ފޯނުގެ ޗާޖު ހިފަހައްޓާނުލާތީ އެ ޝަކުވާ ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށްވެސް ގިނަކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިބަލާލަނީ އެންޑްރޮއިޑް ފޯނުތައް ގެންގުޅޭ މީހުންގެ މިމައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ މައްޗަށެވެ.

އެޕްތައް ސްލީޕް މޯޑަށްލުން



ފޯނުގައި ބޭނުން ނުކުރާ އެޕްތައް ސްލީޕް މޯޑަށް ލުމަކީ ފޯނުގެ ޗާޖު ގިނައިރު ވަންދެން ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. ބޭނުން ނުކުރާ އެޕްތައް ސްލީޕް މޯޑަށް ލުމުން ބެކްގްރައުންޑުގައި ހިނގާ ކަންތައްތައް މަދުވެ، ބެޓެރީ ބޭނުން ކުރާ ވަރު މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނައިރު ފޯނުގައި ޗާޖު ހިފަހައްޓައެވެ.

ޑިސްޕްލޭ އަބަދު ދިއްލިފައި ހުންނަގޮތަށް ނުބެހެއްޓުން

އޯލްވެއިސް އޮން ޑިސްޕްލޭ ފީޗަރު ނިވާލުމަކީވެސް ފޯނުގެ ޗާޖު ގިނައިރު ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. އޯލްވެއިސް އޮން ޑިސްޕްލޭ ފީޗަރު ޖައްސާފައި ހުންނަ ނަމަ ފޯނު ބޭނުން ނުކުރި ނަމަވެސް ނޮޓިފިކޭޝަންތަކާއި އެހެނިހެން މައުލޫމާތު ދެއްކުމަށް ފޯނުގެ ސްކްރީން ދިއްލައި މަސައްކަތް ކޮށް ހަދާނެއެވެ. މި ފީޗަރު ނިވާލުމުން ފޯނުގެ ބެޓެރީ ބޭނުން ކުރާ މިންވަރު މަދުވެ ގިނައިރު ޗާޖު ހިފެހެއްޓުމަށް އެހީވެއެވެ.

ފޯނުގެ ބޭނުން ނުކުރާ ވަގުތު ޑިސްޕްލޭ ނިވޭ ގޮތަށް ސެޓްކުރުން

ސްކްރީން ޓައިމްއައުޓް އެޖަސްޓު ކުރުމަކީވެސް ގިނައިރު ޗާޖު ހިފެހެއްޓުމަށް ބޭނުންވާނަމަ ކުރެވިދާނެ ކަމެކެވެ. ސްކްރީން ޓައިމް އައުޓަކީ ފޯނު ބޭނުން ނުކޮށް ބެހެއްޓުމުން ފޯނުގެ ޑިސްޕްލޭ ދިއްލިފައި ހުންނަ މުއްދަތެވެ. މި ފީޗާގައި ސެޓު ކޮށްފަ ހުންނަ ވަގުތަށްފަހު އޮޓިމެޓިކުން ފޯނުގެ ޑިސްޕްލޭ ނިވާލައެވެ. ޓައިމްއައުޓު މުއްދަތު ކުޑަ ކުރުމަކީވެސް ފޯނުގެ ބޭޓެރީ ސަލާމަތް ކުރުމަށް އެހީވެދޭ ކަމެކެވެ.

ޕަވަރ ސޭވިން މޯޑް އޮން ކުރުން

ޕަވާރ ސޭވިން މޯޑު ބޭނުން ކުރުމަކީވެސް ފޯނުގެ ޗާޖު ގިނައިރު ވަންދެން ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. ފޯނު ޕަވާރ ސޭވިން މޯޑަށް ލުމުން ސްކްރީނުގެ އަލިކަން ދައްކޮށްދީ، އަދި ފޯނުގެ ބެކްގްރައުންޑުގައި ހިނގާ ކަންތައްތައް މަދުކޮށްދޭނެއެވެ. އޭގެ ސަބަބުން ފޯނުގެ ބޭޓްރީ ބޭނުން ކުރާ ވަރު މަދުވެ ޗާޖު ގިނައިރުވަންދެން ހިފެހެއްޓުމަށް އެހީވެދެއެވެ.

ލޮކޭޝަން ސަަަރވިސެސް އޮފް ކޮށްބެހެއްޓުން

ލޮކޭޝަން ސާވިސެސް އޮފް ކުރުމުންވެސް ފޯނު ޗާޖު ގިނައިރު ވަންދެން ހިފަހައްޓަދޭނެއެވެ. ލޮކޭޝަން ސާވިސެސް ޖައްސާފައި ހުންނަ ނަމަ ފޯނުގެ ބެޓެރީ ބޭނުން ކުރާ މިންވަރު ގިނަވާނެއެވެ. ނަމަވެސް މި ނިވާލުމުން ފޯނުގެ ބެޓެރީ ބޭނުން ކުރާ ވަރު މަދުވެ ފޯނުގެ ޗާޖު ގިނައިރު ވަންދެން ހިފަހައްޓާނެއެވެ.

މި ދެންނެވުނު ކަންތައްތަކަކީ ފޯނުގެ ޗާޖު ގިނައިރު ހިފެހައްޓައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަމެވެ. މިހެން ކަންތައް ކުރުމުން ފޯނުގެ ބެޓްރީވެސް ގިނަ ދުވަހު މަސައްކަތް ކުރާނެއެވެ. އަދި ހަމަ އެހެންމެ ގިނަ ދުވަހަށް ފޯނު ބަދަލު ނުކޮށް ބޭނުން ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން