އަހުޒަމް އަޙްމަދު   18 ޖުލައި 2024 - 10:20
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރަކު "ރަސް"އަށް ވިދާޅުވީ ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިން ފުޅު އަވަހާރަވީ މިއަދު އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

"އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތް الله އަށް ދުޢާކުރަމެވެ." އެމްޑީޕީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން