ފެންކުންފުނީގެ (އެމް.ޑަބްލިޔު.އެސްސީގެ) ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ޤާއިމުުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް، އެސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކުރަން ފަށައިފިއެވެ.

މިގޮތުން ޤާއިމުކުރެވުނު ފުރަތަަމަ އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރަގާނދީ މެމޯރިއަލް ހޮސްޕިޓަލްސަރަހައްދުގައި ހުންނަ ފެންކުންފުނީގެ ހަތަރު ނަންބަރު ސްޓޭޝަންގައެވެ.

ނަރުދަމާ ނިޒާމުގެ ޕަމްޕްސްޓޭޝަންގެ ވެންޓިލޭޝަންއަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައ،ި ޒަމާނީ އައު ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބެހެއްޓިގެން ދާނެއެވެ. ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕްސްޓޭޝަންއިން ޖައްވުތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 އިންސައްތަ އިން ސައްތައަށް ދަށް ކުރެވޭނެ ކަމަށް ބެލެވޭކަމަށް ފެންކުންފުނިން ބުނެއެވެ.

ފެންކުންފުނިން ބުނީ، މި ވަސީލަތްތައް ދެން ޤާއިމް ކުރެވޭނީ މާލޭގ ޕަމްޕު ސްޓޭޝަން 2 ގައިކަމަށެވެ. އަދި އެއަށްފަހު މާލޭގައި ޤާއިމްކުރެވިފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން، ޖާގަލިބޭ ތަންތަނުގައ،ި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށް ޕަމްޕްސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފެންކުނފުނިން ބުނެއެވެ.



މި ސިސްޓަމް އަލަށް ހަރުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި އެމ.ްޑަބްލިޔ.ުއެސ.ްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވ،ީ މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުމަށ،ް ކުންފުނިން އެކި ކަހަލަ ދިރާސާކުރުމަށްފަހު ބެހެއްޓިގެން ދިޔަ އައު ނިޒާމެއްކަމަށެވެ.

އަދި މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއްކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ.



މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، އެމ.ްޑަބްލިޔ.ުއެސް.ސީ އިން އިސްކަންދީގެން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތެއްކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން