ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ 70 އިންސައްތަ ފުރިހަމަކޮށްފިއެވެ.
ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި، ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މީގެ އިތުރުން، އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 71 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި، އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 59،013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3،245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. ހަމަ މަޝްރޫޢުގެ ދަށުން، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު