އިއްޔެ އަވަހާރަވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މަންމާފުޅު މުއުމިނާ ހުސެއިން ފުޅުގެ ކަށުނަމާދުގައި އިމާމްވެ ނަމާދު ކުރެއްވީ އެކަމަނާގެ ދަރިކަލެއްކަން އާއްމުވެފައިވާ ފޮޓޯތަކުން ހާމަވެއްޖެ އެވެ.
ރައީސް ޞާލިހުގެ މަންމާފުޅު މުއުމިނާ ހުސެއިން ފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެެވެ.
އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅުން 80 އަހަރެވެ.
އެކަމަނާގެ މައްޗަށް އިސްލާމީ މަރުކަޒުގައި ރޭ މަޤްރިބް ނަމާދަށް ފަހު ކަށުނަމާދު ކުރިއިރު އިމާމުވެ ނަމާދު ކުރެއްވީ އެކަމަނާގެ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ޞާލިހު އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ކޮއްކޯފުޅު، އިމާމުވެ ނަމާދު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާއަށް އެހީތެރިވެވަޑައިގަންނަވާތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
މޫސާ މުޙައްމަދު ޞާލިހް އަކީ ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުވެސް މެއެވެ.
ރައީސް ޞާލިހުގެ މަންމާ ފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު