ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް މިފަަހަރު 19 ދަރިވަރަކަށް ލިބިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކުރީ ރޭ ހުރަވީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު ޝަރފުވެރިކޮށްދެއްވައި ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުތަކުން 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދާފައިވަނީ، 136 ދަރިވަރުންނެވެ. އަދި އޭގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ.

މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން