ރައީސް މުއިއްޒުގެ ދޮށީ ދަރިކަނބަލުން ޔަސްމީން އަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ-- ފޮޓޯ/ މިހާރު
ރައީސް މުއިއްޒުގެ ދޮށީ ދަރިކަނބަލުން ޔަސްމީން އަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ-- ފޮޓޯ/ މިހާރު
މަތީ ސާނަވީ އިމްތިހާންތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ހައި އެޗީވާޒް ސްކޮލަޝިޕް މިއަހަރު ލިބުނު ދަރިވަރުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ވެސް ހިމެނިއްޖެ އެވެ.

ހައި އެޗީވާޒް ސްކޮލަރޝިޕް ދެނީ އޭލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ،

އެގޮތުން މިިދިޔަ އަހަރުގެ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 117 ދަރިވަރަކު ފަސް މާއްދާ އިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި އެވެ.

ރޭ ހުރަވީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައި އެޗީވާޒް ސްކޮލަޝިޕް ހާސިލުކުރި ދަރިވަރުންނަށް ލިޔުން ހަވާލުކުރި އިރު އެ 117 ދަރިވަރުންގެ ތެރޭގައި ރައީސް މުއިއްޒުގެ ދޮށީ ދަރިކަނބަލުން ޔަސްމީން މުހައްމަދު މުއިއްޒު ހިމެނެ އެވެ.

ޔަސްމީން ފިޔަވައި ރައީސް މުއިއްޒުގެ ދެން ތިއްބަވަނީ ދެ ފިރިހެން ދަރިކަލުން ނެވެ.

ރައީސް މުއިއްޒު ވެސް ވަނީ އެމަނިކުފާނުގެ މަދުރަސީ ދައުރުގައި އޭ ލެވެލް އިމްތިހާނުން މުޅި ރާއްޖެއިން ހަތަރު ވަނަ ހޯއްދަވައިފަ އެވެ. އަދި އެމަނިކުފާނު ފަހުން ވަނީ ޕީއެޗްޑީވެސް ހާސިލުކުރައްވައިފަ އެވެ.

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަކީ ވެސް މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން