މަންމާފުޅު މުއުމިނާ ހުސެއިން ފުޅުގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން ދިން އެއްބާރުލުން ފާހަގަކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޞާލިހު ވިދާޅުވީ، މަންމާފުޅުގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް ޢާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ޖަނާޒާގައި ބައިވެރިވަޑައިގެންދެއްވައި، މަންމައަށް ހެޔޮދުޢާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި އަދި އަޅުގަނޑުމެންނަށް ތަޢުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑާ ޢާއިލާގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ މަންމާފުޅު މުއުމިނާ ހުސެއިން ފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެެވެ.
އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅުން 80 އަހަރެވެ.
އެކަމަނާގެ މައްޗަށް އިސްލާމީ މަރުކަޒުގައި ރޭ މަޣުރިބް ނަމާދަށް ފަހު ކަށުނަމާދު ކުރިއިރު އިމާމުވެ ނަމާދު ކުރެއްވީ އެކަމަނާގެ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ޞާލިހު އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ކޮއްކޯފުޅު، އިމާމުވެ ނަމާދު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާއަށް އެހީތެރިވެވަޑައިގަންނަވާތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
މޫސާ މުޙައްމަދު ޞާލިހް އަކީ ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުވެސް މެއެވެ.
ރައީސް ޞާލިހުގެ މަންމާ ފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެންގެ ލޮބުވެތި މަންމަގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ @Mohamedshaheem1 އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް އަޅުގަނޑާ ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޖަނާޒާގައި ބައިވެރިވަޑައިގެންދެއްވައި،… pic.twitter.com/oAIQWOkLPw
— Ibrahim Mohamed Solih (@ibusolih) July 19, 2024
ރައީސް ޞާލިހުގެ މަންމާފުޅު މުއުމިނާ ހުސެއިން ފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެެވެ.
އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅުން 80 އަހަރެވެ.
އެކަމަނާގެ މައްޗަށް އިސްލާމީ މަރުކަޒުގައި ރޭ މަޣުރިބް ނަމާދަށް ފަހު ކަށުނަމާދު ކުރިއިރު އިމާމުވެ ނަމާދު ކުރެއްވީ އެކަމަނާގެ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ޞާލިހު އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ކޮއްކޯފުޅު، އިމާމުވެ ނަމާދު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާއަށް އެހީތެރިވެވަޑައިގަންނަވާތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
މޫސާ މުޙައްމަދު ޞާލިހް އަކީ ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުވެސް މެއެވެ.
ރައީސް ޞާލިހުގެ މަންމާ ފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު