ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ބިދޭސީންނާބެހޭ މައުލޫމާތު ނޭނގުމަކީ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ނާރެސް ޕޯޓަލާއި އޮޕަރޭޝަން ކުރަނގި ފޭސް 2 އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އަދަދު ނޭނގޭ މިންވަރަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރި ވަމުންދާ ވާހަކައަކީ އަބަދުވެސް އަޑުއައްސަވާ ވާހަކައެއް ކަމަށެވެ. ނަމަވެސް ގައުމެއްގައި އުޅޭ ބިދޭސީންނާ ގުޅޭ މައުލޫމާތު ނޭނގުމަކީ ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ދުވަސްތަކުގައި މިކަމަށް އެކަށީގެންވާ ހައްލެއް ނައިސް އޮތީމަ މިހިސާބަށް މި މައްސަލަ ގޮސްފަ މިވަނީ." ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ މައުލޫމާތު އެއްކުރުމަށް މިފެށުނު މަސައްކަތުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ދެނެގަނެވި، ރާއްޖެއިން ފޮނުވާލަން ޖެހޭ ފަރާތްތައް ފޮނުވާލާ، ނިޒާމުގެ ތެރެއިން ފުރުސަތު ދެވޭ ފަރާތްތަކަށް އެކަން ފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދަދު ނޭނގޭހާ ގިނަ ބިދޭސީން ރާއްޖޭގައި އުޅުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެންމެންގެ އެއްބާރުލުމާ އެކުގައި މި މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން