އެޕަލް ސިޑާ ވިނެގާ އަކީ ފިރިހެންވެރިންވެސް ބޭނުންކުރަން ރަނގަޅު އެއްޗެއް- ގޫގުލް ފޮޓޯސް
އެޕަލް ސިޑާ ވިނެގާ އަކީ ފިރިހެންވެރިންވެސް ބޭނުންކުރަން ރަނގަޅު އެއްޗެއް- ގޫގުލް ފޮޓޯސް
އެޕަލް ސިޑާ ވިނެގާއަކީ ހިތި ރަހަދޭ އަދި ނުބައިވަސް ދުވާ އެއްޗެއް ނަމަވެސް، މިއީ ސިއްހީ އެތަކެއް ފަރުވާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލުވެ އެއްޗަކަށްވެ، އެޕަލް ސިޑާ ވިނެގާއަކީ މިހާރަކަށްއައިސް ގިނަ ދިވެހިން އާންމުންކޮށް ބޭނުން ކުރާ އެއްޗެކެވެ.

އެޕަލް ސިޑާ އާންމުކޮށް ރާއްޖެއިން ލިބެން ހުންނައިރު، ގިނަބަޔަކަށް ހީވެފައި އޮންނަނީ އޭގެ ބޭނުން ކުރުމުން ހަމައެކަނި ފައިދާކުރަނީ އަންހެންވެރިންނަކަމަށެވެ. އެހެންނަމަވެސް އެޕަލް ސިޑާ ވިނެގާ އަކީ އަންހެންނުން ލިބިދެވޭ ފައިދާއާއި އެއްވަރަށް ފިރިހެންވެރިންނަށް ވެސް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

ފިރިހެންވެރިންނަށް ލިބިދޭ ފައިދާތައް:

- ގޮހޮރުގެ މައްސަލަތައް ހައްލު ކޮށްދިނުން:

އެޕަލް ސިޑާ އަކީ ގޮހޮރުގައި ގޭސްޓްރިކް އެސިޑް އުފައްދައިދޭ މާއްދާއެކެވެ. ގޭސްޓްރިކް އެސިޑަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ކާއެއްޗިސް ކުދިކުދި ކޮށްދީ ހަޖަމު ކުރުމަށް އެހީވެދޭ މާއްދާއެވެ. އެޕްލް ސިޑާ ބޭނުން ކުރުމުން ބަނޑުގައި ގޭސް އުފެދުން މަދުކޮށްދީ ބަނޑާއި ގޮހޮރު ސާފު ކޮށްދިނުމަށް އެހީވެދެއެވެ. އަދި ގޮހޮރުގެ އެކި މައްސަލަތަކުން ރައްކާތެރި ކޮށްދިނުމަށްވެސް އެހީވެއެވެ.

- ޕްރޮސްޓޭޓްގެ ސިއްހަތު ރަނގަޅު ކޮށްދިނުން:

އެޕަލް ސިޑާ ވިނެގާ އަކީ ހަށިގަނޑުގެ އެކި ތަންތަން ދުޅަވުމާ ދެކޮޅަށް މަސައްކަތްކޮށްދޭ އެއްޗެކެވެ. މި ކަމުގެ ސަބަބުން އެޕަލް ސިޑާ ވިނެގާ ބޭނުންކުރުމުން ފިރިހެނުންގެ ޕްރޮސްޓޭޓު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެެދެއެވެ.

- މަސްގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުން:

ކަސްރަތު ކުރުމުން މީހާގެ މަސްތަކަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމުގައިވެސް އެޕަލް ސިޑާ ވިނެގާ އެހީވެދެއެވެ. އެޕަލް ސިޑާ ވިނެގާއަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވާ އެއްޗަކަށް ވުމުގެ ސަބަބުން އެ ބޭނުން ކުރާނަމަ މަސްގުޅަ ކެއުން ފަދަ ކަންކަމުން މީހާ ދުރުހެލި ކޮށްދެއެވެ.

- ހަންގަނޑު ރީތިކޮށް އިސްތަށިގަނޑު ވަރުގަދަ ކޮށްދިނުން:

އެޕަލް ސިޑާ ވިނެގާގައި ހުންނަ އެންޓި މައިކްރޯބިއަލް ސިފަތަކުގެ ސަބަބުން ހަށިގަނޑުގައި ޕީއެޗް ލެވެލްތައް ބެލެންސް ކޮށްދިނުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުނެ މި ބޭނުން ކުރާނަމަ ހަންގަނޑުގައި ބިހި ނެގުން މަދުކޮށްދީ ހަންގަނޑު އޮމާންކޮށް ރީތި ކުރުމަށް އެހީވެދެއެވެ. އަދި މީގެ އިތުރުން އިސްތަށިގަނޑު ވަރުގަދަ ކޮށްދިނުމަށްވެސް އެހީވެދެއެވެ.

މީގެ އިތުރުން އެޕަލް ސިޑާ ވިނެގާއަކީ ލޭގައި ހަކުރު އެއްހަމައެއްގައި ބެހެއްޓުމަށް އެހީވެދޭ، އަދި އިންސާނާގެ ހިތުގެ ދުޅަހެޔޮކަންވެސް އިތުރު ކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ހަމައެހެންމެ މީހާގެ ބަރުދަން ލުއިކޮށްދީ، ނަފްސާނީ ސިއްހަތު ރަނގަޅު ކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

އެހެންކަމުން އެޕަލް ސިޑާ ވިނެގާގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ހައްލު ކުރުމަށް އެހީވެދޭއިރު، މިއީ ދެ ޖިންސުގެ މީހުންވެސް ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން