ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މި އެހީ ދިނުމަށް ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުންނެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވެއިލިން ވިޝަންސް 2024" މައުރަޒު ބައްލަވާލެއްވުމަށް ފަހު، އެތަނުގައި އޮތް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މައުރަޒުން ފެނިވަޑައިގެންނެވި ކޮންމެ މަންޒަރަކީ އަދި ކުރެހުމަކީ ވަރަށް ފުރިހަމަ، ހުނަރުވެރި މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ މައުރަޒުން ވަރަށް ވިސްނުންތެރި އަދި ހުނަރުވެރި އަތްތަކަކުން ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ފެނިވަޑައިގަތް ކަމަށެވެ. ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި އެ ދާއިރާއަށް ވަންނަން ޝައުގުވެރިވާ މީހުންނަށް މި ސަރުކާރުން ފުރުސަތު ހުޅުއްވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މައުރަޒު ބައްލަވައިލެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ވަނީ ފަންނު ދަސްކުރަން ބޭނުންވާ މީހުންނަށް މޯލްޑިވްސް އާޓްސް ކޮމިއުނިޓީ (އެމްއޭސީ) އާއި ސަރުކާރުގެ އެކި ޕްރޮގްރާމުތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އެހީގައި ފަންނު ދަސްކުރަން ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން