ސަލާމަތަށް ނުރައްކާވާނަމަ އެލޮން މާސްކްގެ ސްޓާލިންކު ސެޓެލައިޓުތައްވެސް ވައްޓާލާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.

ޗައިނާއިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެމެރިކާއިން ފަރުވާކުޑަކޮށް ޗައިނާގެ ޖައްވީ އިދާރާއަށް ގެއްލުންވާގޮތަށް ޖައްވުމުގައި ހަރަކާތްތެރިވުމުންނެވެ.

ޗައިނާގެ އިންޒާރުގައި ބުނީ އެގައުމުގެ ސަލާމަތަށް ނުރައްކާވާ ހިނދެއްގައި ސްޓާލިންކް ސެޓެލައިޓް ލޭޒާ ބޭނުންކޮށްގެން ގޮއްވާލާނެ ކަމަށެވެ. އަދި އެކަން ކުރާނީ ޗައިނާއިން ދާދިފަހުން އުފައްދާފައިވާ ވަރުގަދަ ލޭޒާ ސަބްމެރިން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށް އެ ގައުމުން ބުނެއެވެ.

މޫދުގެ އަޑީގައި އޮވެ ސޮލިޑް ސްޓޭޓް، މެގަވޮޓް ކްލާހުގެ ލޭޒަރ ހަތިޔާރު ހިމެނޭ ސަބްމެރިނުން ސެޓެލައިޓަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ޗައިނާއިން ބުނެއެވެ. މި އިންޒާރު ދީފައި ވަނީ ޗައިނާ ބަހުން ނެރުނު ޖާނަލް ކޮމާންޑް ކޮންޓްރޯލް އެންޑް ސިމިއުލޭޝަންގައި މިދިޔަ މަހު ޝާއިއުކުރި ޕީއާރް ރިވިއު ކަރުދާހެއްގައި ނޭވަލް ސަބްމެރިން އެކަޑަމީގެ ޕްރޮފެސަރު ވަންގް ޑޭން އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ޕްރޮޖެކްޓް ޓީމުންނެވެ.

މި ޓީމުން ލަފާދީފައި ވަނީ މި ބާވަތުގެ ލޭޒަރ އެޓޭކް ސަބްމެރިން ގިނަ އަދަދަކަށް މުސްތަގުބަލުގައި ގެންގުޅެ، ޗައިނާއަށް ކުރިމަތިވާ އަސްކަރީ ނުރައްކާތަކާ ދެކޮޅަށް ކުރިމަތި ލުމަށް އެކި ކަނޑުތަކުގައި އެތަކެތި ބަހައްޓާނޭ ކަމަށެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ނެރުނު ރިޕޯޓެއްގައި މި ދިރާސާގެ ވަކި ކަންތައްތަކެއް ހާމަވެފައިވެ އެވެ.

ސްޓާލިންކް ސެޓެލައިޓަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ވަރުގަދަ ސެޓެލައިޓް ތަކުގެ ތެރޭގައި ހިމެނޭ ސެޓެލައިޓް ތަކެކެވެ. އެގޮތުން މީގެ ސެޓެލައިޓެއް ޖައްވުގެ ތެރެއަށް ގެއްލިގެން ދިޔަ ނަމަވެސް އާންމު ގޮތެއްގައި މި ސެޓެލައިޓް ރަނގަޅަށް މަސައްކަތް ކުރެއެވެ. ސްޓާލިންކުގެ 2،300 އަށްވުރެ ގިނަ ސެޓެލައިޓް މިހާރުވެސް ދުނިޔެ ވަށާ އެބަ އެނބުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން