ރަންވީރު ސިންގް އާއި އަދިތިޔާ ދަރު ގުޅިގެން އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅުވައިގެން އެކްޝަން ތުރިއްލާ ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕިންކް ވިލާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ތައިލެންޑު ގައެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަންވީރު ސިންގް އާއި، ސަންޖޭ ދަތު އާއި، އަކްޝޭ ކަންނާ އާއި އަރްޖުން ރަމްޕަލް ގެ އިތުރުން އާރް މަދަވަން ފަދަ ބޮލީވުޑުގެ ނަންވިދާ ބަތަލުން ހިމެނޭ ކަމަށް މި ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީތަޖުގެ ރަންޒަމާން އަދި އާރް އެންޑް އޭ ޑަބްލިއު އުފެދުމަށް މެދުވެރިވި ދުވަސްވަރާ ގުޅުވައިގެން ހަދާ ފިލްމެއް ކަމަށާއި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާރް އެންޑް އޭ ޑަބްލީއު އަށް ދިމާވެފައިވާ ހަގީގީ ހާދިޘާ ތަކުގެ މައްޗަށް ކަމަށް ޕިންކްވިލާ އިން ވަނީ ރިޕޯޓު ކޮށްފައެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މި ފިލްމުގެ ޝޫޓިންގެ ފުރަތަމަ ބައިގައި އަލިއަޅުވާލާނީ އިންޓެލް ނެޓްވޯކެއްގެ ތެރޭގައި ހިނގާ މުއާމަލާތްތަކަށް ކަމަށެވެ. މި ފިލްމުގެ ޝޫޓިން އިންޑިއާގެ އިތުރުން ތައިލެންޑާއި ޔޫއޭއީގައި ކުރިއަށްދާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
މި ފިލްމުގައި ސަންޖޭ ދަތު އެންޓެގޮނިސްޓެއްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާއިރު ރަންވީރް ސިންގް އާއި، އަކްޝޭ ކަންނާ އާއި، އާރް މަދަވަން އަދި އަރްޖުން ރަމްޕާލް ކުޅޭނީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީގެ މެމްބަރުންގެ ރޯލު ކަމަށްވެސް ޕިންކްވިލާގެ ރިޕޯޓުގައި ވެއެވެ. އަދި މި ހުރިހާ ބަތަލުންވެސް ފެންނާނީ އަސްލު އެ ޓީމުގައި މަސައްކަތް ކުރި މީހުންގެ ސިފަތާކާ ވަރަށް އެއްފަދަ ގޮތަކަށް ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ދަރު އަކީ ޖާސޫސުންގެ ދުނިޔެއަށް ވަރަށް ޝައުގުވެރިކަން ހުންނަ ފަރާތެއް ކަމުން މި ފިލްމަކީ ޔޫއާރްއައި އަށްފަހު އޭނާއަށް ޑައިރެކްޓު ކުރަން ލިބުނު އެންމެ ފުރިހަމަ ފިލްމެވެ. އަދިތްޔާ ގަބޫލު ކުރާ ގޮތުގައި މި ފިލްމަކީ ބެލުންތެރިންގެ ހިތްތައް ގުގުމާލާނެ ފަދަ ފިލްމެކެެވެ. ރަންވީރު ސިންގުވެސް ހުރީ މި ފިލްމުގެ ޝޫޓިން ފެށުމަށް ކެއްމަދުވެފައެވެ.
މި ފިލްމަށް އަދި ނަމެއް ދެވިފައި ނުވީނަމަވެސް މި ފިލްމުގެ ސްޓޭކް ހޯލްޑަރުން ވަނީ މިމަހުގެ ކުރީކޮޅުގައި ފޮޓޯޝޫޓެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ފިލްމު އުފެއްދުމަށް އިންޑިއާގެ ލީޑިން ސްޓޫޑިއޯއަކާއެކު ޑީލެއްގައި ސޮއިކުރެވިފައިވާއިރު މި ފިލްމާ ބެހޭ މައުލޫމާތުތައް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެއެވެ. އަދި މިމަހު މި ފިލްމުގެ ޝޫޓިން ފެށޭއިރު މި ފިލްމުގެ ޝޫޓިން 6 މަސް ތެރޭގައި ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު