ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޚާން- ގޫގުލް ފޮޓޯސް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޚާން- ގޫގުލް ފޮޓޯސް
ފިލްމީ ދާއިރާގައި އަންހެން ބަތަލުންނަށް ރައްދުކޮށް ކުރާ "ސެކްސިސްޓް" ކޮމެންޓުތަކަށް ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ފާޑު ކިޔައިފިއެވެ.

ދާދިފަހުން ކަރީނާވަނީ އޭނާގެ އިންޓަވިއުއެއްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފިރިހެން ފަންނާނުންނަށްވުރެ ކުޑަ ނުވަތަ ކަޑަ ކަމުގެ އިހުސާސް އޭނާއަށް ނުކުރެވޭ ކަމަށެވެ. އަދި މި އިންޓަވިއުގައި ކަރީނާ ވަނީ މި ދާއިރާގެ އަންހެން ފަންނާނުން ކައިވެނިކޮށް ދަރިން ލިބޭ ހިސާބުން މެދުކެނޑުމަކަށްފަހު އެމީހުން އެނބުރި މަސައްކަތަށް އައުމުން އެމީހުންނަށް ރައްދުކޮށް ބޭނުންކުރާ "ކަމްބެކް" އަދި ސެކްސިސްޓު ލަފްޒު ތަކަށް ފާޑު ކިޔާފައެވެ.

އެގޮތުން ކަރީނާ ވަނީ "ކަމްބެކް"، މި ލަފްޒުގެ މާނައަކީ ކޮބާތޯ ސުވާލުކޮށް އެ ލަފްޒު ފިރިހެން ފަންނާނުންނަށް ބޭނުން ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދާފައެެވެ. މީގެ އިތުރުން އޭނާއަކީ ކައިވެނި ކޮށްގެން ދެ ދަރިން ހުރި މީހެއް ކަމަށާއި ހަމަ އެފަދަ އެތައް ފިރިހެން ފަންނާނުންވެސް ބޮލީވުޑްގައި އުޅޭކަމަށް ކަރީނާ ވަނީ ފާހަގަ ކޮށްފައެވެ. ކަރީނާ އިތުރަށް ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީގައި އެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ މަސައްކަތް ސީރިއަސްކޮށް ނަގަން ފަށައި، އޭނާއަކީ އާޓިސްޓެއްކަން ދެކެން ފަށާފައިވަނީ އޭނާގެ އުމުރުން 44 އަހަރު ވާން އުޅެނިކޮށް ކަމަށާއި އޭގެ ކުރީގައި އޭނާ އަބަދުވެސް ސްޓީރިއޯޓައިޕް ކުރެވިފައިވަނީ " ޕޫ " ނުވަތަ "ގީތް" ގެ ގޮތުގައި ކަމަށެވެ.

ކަރީނާ މިހާރު ހުރީ އޭނާގެ އެކްޓިން ކެރިއަރުގެ އެންމެ ރަނގަޅު މަރުހަލާގައެވެ. އެގޮތުން އޭނާވަނީ މިދިޔަ އަހަރު އޯޓީޓީ އަށް ނިކުމެފައެވެ، އަދި އޯޓީޓީއަށް ނިކުތް ފަހުންވެސް އޭނާއަށް ދަނީ ތަފާތު އެކި ރޯލުތައް ކުޅުމުގެ ފުރުސަތު ލިބެމުންނެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ވަރަށް ކުރިއެރި ފިލްމެއް ކަމަށްވާ "ކުރޫ" އިންނެވެ. މި ފިލްމަކީ އަންހެންވެރިން ލީޑުން ފެނިގެންދިޔަ ފިލްމެއް ކަމުން މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކުރިއެރުމެއް ލިބުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ހަންސަލް މެހްތާގެ ފިލްމެއް ކަމަށްވާ "ދަ ބަކިންހަމް މާޑާރސް" އިންނާއި ރޯހިޓް ޝެޓީގެ "ސިންގަމް އެގެއިން" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން