މާބޮޑަށް ފަލަވެ ހަށިގަނޑުގައި ސަރުބީ ޖެހުމަކީ އޭގެ ސަބަބުން މީހާއަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް.
މާބޮޑަށް ފަލަވެ ހަށިގަނޑުގައި ސަރުބީ ޖެހުމަކީ އޭގެ ސަބަބުން މީހާއަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް.
މާބޮޑަށް ފަލަވެ ހަށިގަނޑުގައި ސަރުބީ ޖެހުމަކީ އޭގެ ސަބަބުން މީހާއަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އަދި މީހާގެ ހަށިގަނޑު ތަފާތު އެކިކަހަލަ ބަލިތަކަށް ހުށަހެޅިގެން ދާ ކަމެއްވެސް މެއެވެ. އެގޮތުން ހަށިގަނޑުގައި ސަރުބީ ޖެހުމުގެ ސަބަބުން އޮބޭސިޓީ އާއި އިންސިއުލިން ރެސިސްޓެންސް އާއި މެޓަބޮލިކް ސިންޑްރޯމް ޖެހުމަށް މަގުފަހި ކޮށްދެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހައިޕަޓެންޝަން ހުށަހެޅި ސިއްޙަތައް ނުރައްކަލަށް ހުށަހެޅިގެންދެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް، ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ބައެއް ކަހަލަ ބުއިންތައް ބޭނުން ކުރުމުންވެސް ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުމަށް އެހީތެރިވެދެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ސަރުބީ ވިރުވުމަށް އެހީވެދޭ ބައެއް ބުއިންތަކެވެ.

- ގްރީން ޓީ

ގްރީން ޓީ އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގުބޫލު ބުއިމެކެވެ. މިއީ ހާއްސަކޮށް ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންގެ ތެރޭގައި ވަރަށްވެސް މަގުބޫލު ސައެކެވެ. ގްރީން ޓީ އަކީ އޭގައި ގިނަ އަދަދަކަށް ކެޓަޗިން އެކުލެވޭ ސަައެކެވެ. ގްރީން ޓީގައި އެކުލެވޭ ކެޓަޗިންގައި އެކުލެވޭ އެޕިކެލޯކެޓަޗިންގެލޭޓް އަކީ ސަރުބީ ވިރުވުމުގައި އެހީވެދޭ މާއްދާއެކެވެ.

- ކޮފީ

ކޮފީއަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކަށް ވަރަށް ކަމުދާ ބުއިމެކެވެ. މިއީ ރައްޓެހިންނާ ބައްދަލުވެ އަނގަތަޅާލަން ތިބޭ ވަގުތު ތަކުގައިވެސް ވަރަށް ގިނަ މީހުން ހިޔާރުކުރާ ބުއިމެކެވެ. ކޮފީއަކީ އޭގައި ކެފީން އާއި ކްލޮރޮޖެނިކް އެސިޑް އެކުލެވޭ އެއްޗެކެވެ. މި ދެ މާއްދާއަކީ މީހާގެ މެޓަބޮލިކް ރޭޓު އިތުރުކޮށްދޭ މާއްދާތަކެއް ކަމުން ކޮފީ ބުއިމުން މީހާގެ ގައިގައި ހުންނަ ސަރުބީ ވިރުމަށްވެސް އެހީވެދެއެވެ.

- އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާއަކީ ވަރަށް ގިނަ ގޭބިސީތަކުގައި ބޭނުންކުރާ އެއްޗެކެވެ. މިއީވެސް ބަރުދަން ލުއިކުރަން ބޭނުންވާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެޕްލް ސިޑާ ވިނެގާ ބޭނުން ކުރުމުން މީހާއަށް ބަނޑު ފުރިފައިވާ ކަމުގެ އިހުސާސް ކޮށްދިނުމަށް އެހީވެދެއެވެ. ނަތީޖާއެއްގެ ގޮތުން މި ބޭނުން ކުރާނަމަ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ކެލޮރީ އެތެރެވާވަރު މަދު ކޮށްދެއެވެ. މީގެ އިތުރުން އެޕަލް ސިޑާ ވިނެގާއަކީ އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދޭ އެއްޗަކަށް ވުމާއެކު މި ބޭނުން ކުރުމުން ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު މަދުކޮށްދެއެވެ.

- ލުނބޯ ފެން

ލުނބޯ ފެނަކީވެސް ވަރަށް ގިނަ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުން ކުރާ ބުއިމެކެވެ. ލުނބޯފެނުގައި އެކުލެވިގެންވާ ވިޓަމިން ސީއަކީ ހަށިގަނޑުގައި ކާނިޓައިން އުފައްދައިދިނުމަށް އެހީވެދޭ މާއްދާއެކެވެ. ކާނިޓައިން އަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ހަކަތައަށް ބަދަލު ކުރުމަށް އެހީވެދޭ މާއްދާއެވެ. މީގެ އިތުރުން ލުނބޯ ފެނަކީ ކާއެއްޗެހި ހަޖަމު ކުރުމަށް އެހީތެރިވެދޭ އެއްޗެއްކަމުން އެއީ ބަރުދަން ލުއި ކުރުމުގައިވެސް އެހީވެދޭ އެއްޗެކެވެ.

- ފެން

ފެނަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ފެނަކީ ހަށިގަނޑުގައި ހައިޑްރޭޝަން ދެމެގެއްޓުމުގައި އާއި، ހަށިގަނޑުގެ އެކި މެޓަބޮލިކް މަސައްކަތްތަކުގައި އެހީތެރިވުމުގެ އަސާސީ ދައުރެއް އަދާކުރާ އެއްޗެކެވެ. އެކަށީގެންވާ ވަރަށް ފެން ބުއިމަކީ ހަށިގަނޑުގައި ހިނގާ މެޓަބޮލިކް ޕްރޮސެސްތައް އޮޕްޓިމައިޒް ކުރުމަށް އެހީވެދީ އަދި މާގިނައިން ކެއުން ހުއްޓުވައި، ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވުމުގައި އެހީވެދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


3

އާދަނު

29-Jul-2024

އެއްވެސް އެއްޗެއް ބޭނުން ކުރާނެ ގޮތް ލިޔެފައި ނުވާކަން ވަރައް ދެރަ ބޭނުން ކުރެވޭނީ އޭރުންދޯ



ޓްރެންޑިން