ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހުރުކު ޚާން
ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހުރުކު ޚާން
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ހިތް އެމީހަކަށް ދެވިފައިވާ ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހުރުކު ޚާންގެ ހުރިހާ ފިލްމެއްވެސް އެޑިޓު ކުރަނީ އޭނާ އަމިއްލައަށްކަން އެނގިއްޖެ އެވެ.

ދާދި ފަހުން ސެލެބްރިޓީ ވެޑިން ފޮޓޯގްރަފަރެއް ކަމަށްވާ ވިޝާލް ޕަންޖާބީވަނީ ޝާހުރުކް ޚާނަށް ތައުރީފުކޮށް، އޭނާއާއެކު މަސައްކަތް ކުރިއިރު ކުރި ތަޖުރިބާތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ޝާހުރުކް ޚާންގެ ހުރިހާ ފިލްމެއްވެސް އެޑިޓު ކުރަނީ އޭނާ އަމިއްލައަށް ކަމަށް ބުނެފައެވެ. ޑީޖޭ ސިމްޒް އަށް ދިން އިންޓަވިއުއެއްގައި ޝާހުރުކްއާއެކު މަސައްކަތް ކުރިއިރު ތަޖުރިބާވި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ޝާހުރުކް އަކީ ވަރަށް ބޮޑު ސްޓާރަކަށް ވީނަމަވެސް އެއީ އޭނާ ހީކުރި ވަރަށްވުފެ ހިތްތިރި މީހެއް ކަމަށެވެ.

އެ އިންޓަވިއުގައި ވިޝާލް ހާމަ ކޮށްފައިވާ ގޮތުގައި ޝާހުރުކް ޚާން ވަނީ އޭނާއަށް ބޮލީވުޑުގެ ޕޯޓަލް އަކަށް ވެބްސައިޓެއް ތައްޔާރު ކުރުމުގެ ފުރުސަތު ދީފައެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ޝާހުރުކްގެ ކުންފުންޏާ ގުޅުމުގެ ފުރުސަތު ލިބުނު ކަމަށްވެސް އޭނާ ވަނީ ހާމަ ކޮށްފައިވެއެވެ. މީގެ އިތުރުން ޝާހުރުކް އާއެކު މަސައްކަތް ކުރުމުގެ ސަބަބުން ބޮލީވުޑުގެ ގިނަ ބަޔަކަށް އޭނާ އެނގިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ވިޝާލް އިތުރަށް ބުނެފައިވަނީ 10 އަހަރު ވަންދެން އޭނާ ޝާހްރުކް އާއެކު މަސައްކަތް ކުރި ކަމަށާއި، ޝާހުރުކް އަކީ އޭނާއަށް ސިނަމާއާ ބެހޭ ހުރިހާ ކަމެއް ދަސްކޮށްދިން ފަރާތްކަމަށެވެ. އަދި ހަމަ އެހެންމެ ޝާހުރުކްއަކީ އޭނާއާއެކު މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅުކޮށް ވީޑިއޯ އެޑިޓު ކުރާ ފަރާތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޝާހުރުކް ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ސުޖޯއި ގޯޝް ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ކިންގް" އިންނެވެ. މި ފިލްމުގެ ލީޑު ރޯލު ތަކުން އޭނާގެ ދަރިފުޅު ސުހާނާ ޚާންގެ އިތުރުން އަބިޝެކް ބައްޗަންވެސް ފެނިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން