މިސިޒް ފައުޒިއްޔާ ރަފީޤު ބަދިގޭގެ އެއްޗެތިތައް ތަރުތީބުން އަތުރަން ފަށައިފިއެވެ. އޭނާހުރީ ދެއިރަށް އެއްކޮށް ކައްކާފައެވެ. އެކެއްޖަހާއިރު ރަފީޤާއި ކުދިން މެންދުރުކާން އަންނާނެއެވެ. އެގާރަގަޑި ބައިވިއިރު އޭނާ ހުރިހާ ކަމަކުން ނިމިއްޖެއެވެ. މިއަދު އޭނާގެ ޕްރޮގްރާމަކީ މިސިޒް ތާބުޝްގެ ގެއަށް ދިއުމެވެ. މިސިޒް ޖެކްސަންއާވެސް ބައްދަލު ކުރާނެއެވެ. އަދި ރޮޖަރ އާއިވެސް ބައްދަލު ކުރާނެއެވެ. މިއެންމެނާވެސް މިސިޒް ތާބުޝްގެ ގެއިން ބައްދަލުވާނެއެވެ. މިސިޒް ޖެކްސަނަކީ އެމީހުންގެ އަވަށްޓެރިއެކެވެ. ރޮޖަރއަކީވެސް ޖެހިގެން އޮތް ބްލޮކްގައި އުޅޭ އަންހެނެކެވެ.
ފައުޒިއްޔާ ރަފީޤު އުޅެނީ ކެލިފޯނިއާގެ ރީތިރަށްތަކުގެ ތެރެއިން ކުޑަވަރެއްގެ ރަށެއްގައެވެ. މި ޝަހަރަކީ ލޮސް އެންޖަލީސްއާ ހަތްދިހަ ވަރަކަށް މޭލު ދުރުގައިވާ ޝަހަރެކެވެ. ތަހުޒީބުވަމުން އަންނަ ޝަހަރެކެވެ. ލޮސް އެންޖަލީސް ފަދައިން ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކެއް މިތަނުންވެސް ލިބެއެވެ. މިސިޒް ފައުޒިއްޔާ ރަފީޤަށް މިތަން ވަރަށް ކަމުދެއެވެ. ރަފީޤު ވަޒީފާއަށް ދާންޖެހެނީ ތިރީސްމޭލު ދުރަށެވެ. އެހެން ނަމަވެސް ޝަހަރުގެ ރީތިކަމާ ޤުދްރަތީ މަންޒަރުތަކުގެ ސަބަބުން އޭނާއަށް މިތަން ކަމުދަނީއެވެ. މިތަނުގައި އެހެން ކަމެއްގެވެސް ފައިދާ ލިބެއެވެ. ގާތްގަނޑަކަށް ޕާކިސްތާނުގެ ފަސް ޢާއިލާ އަދިވެސް މިތާނގައި އުޅެއެވެ. ހިންދުސްތާނީ ޢާއިލާ އެއްވެސް އާލާވަމުން އެބަދެއެވެ. އަމިއްލަ ވަޠަނާ އެތައްހާސް މޭލު ދުރުގައި މިމީހުންނާ އެކުވެ އެކަތިގަނޑަކަަށް އުޅެން ޖެހުމުން އެމީހުނާމެދު ހިތުގައި އުފެދިފައިވަނީ ތިމާގެކަމުގެ ކުލުނެވެ. އަމިއްލަ ތިމާގެ މީހުންނާ ދުރުގައި އުޅެން ޖެހުމުން ހިތްދަތިކަމެއް އެއްގޮތަކަށްވެސް އިޙްސާސެއް ނުކުރެވެއެވެ.
މިސިޒް ތާބުޝްއަކީ ގިނަމީހުނާ ގުޅުން ހުންނަ އަންހެނެކެވެ. މަންޞޫރާއި ޝަވާލީއަކީވެސް އޭނާގެ ރަޙްމަތްތެރިންނެވެ. ލީނާއާ ޖައްގޫއާ ބައްދަލުވުމުން އުފާ ލިބިގަނެއެވެ. ނީތޫއާ ޕްރާންއަކީވެސް ވަރަށް ގާތް ދެ ރަޙްމަތްތެރިންނެވެ. މުޝްތާޤް ޖަލާލީއަކީވެސް އެންމެންގެ ރަޙްމަތްތެރިއެކެވެ.... މިމީހުންގެ އިތުރުން އެމެރިކާގެ ބައެއްމީހުނާ، އިނގިރޭސިވިލާތުގެ މީހުން އަދި ޢަރަބީންވެސް މިހިސާބުގައި ވަޒަންވެރި އުޅެއެވެ. އެމީހުނާ ވަރަށްބޮޑު ގުޅުން އޮވެއެވެ. ބީރައްޓެހި ތަނެއްގައި ގިނަމީހުންގެ އެހީ ލިބިގެން އުޅެންޖެހުމުން ފަސޭހަކަމާއެކު ދުވަސްތައް ކަޑައްތު ކޮށްލެވެއެވެ.
މިސިޒް ފައުޒިއްޔާ ރަފީޤު ތުވާލުން އަތްފޮހެމުން ބަދިގޭން ނުކުމެނުކުމެހުއްޓާ ކާރެއް މަޑުކޮށްލި އަޑު އިވިއްޖެއެވެ. މިވަގުތު އިތުރު މީހަކު އައުމަކީވެސް އޭނާ މާކަރުހޭކަމެއް ނޫނެވެ. ހުރިހާ ޕްރޮގްރާމެއް އޮޅުން ބޮޅުން އަރާފާނެތީއެވެ..... ޕާކިސްތާނުގެ ރަޙްމަތްތެރިންގެ މިއާދަ އޭނާއަށް ވަރަށް ކަމުނުދެއެވެ.
ތުވާލު ބާއްވާފައި އޭނާ ބޭރަށް ނުކުމެއްޖެއެވެ...... ބިއްލޫރި ދޮރުން ބޭރު ބަލާލިއެވެ. ކާރެއް މަޑުކޮށްފައި އޮތެވެ. ކާރު ހަމަފެނުމާއެކު އެއީ ޝަވާލީކަން އޭނާއަށް އެނގިއްޖެއެވެ.
[ހެލޯ.....] ޝަވާލީ ޖެހިގެން ހުރިދޮރުން އެތެރެއަށް ވަންނަމުން ބުންޏެވެ. ދެން ދިގު ސަލާމެއް ކޮށްލިއެވެ.
ފައުޒިއްޔާ ދޮރުފޮތިގަނޑު ރަނގަޅު ކޮށްލަމުން ހިނިތުންވެލިއެވެ. އަދި ޝަވާލީއާ ދިމާއަށް ހިނގައިގަންނަމުން ސަލާމުގެ ޖަވާބު ދިނެވެ. އަށާވީސް އަހަރުގެ ޝަވާލީ ހުރީ ނޫކުލައިގެ ޖީންސަކާއެކު ރަތްކުލައިގެ ޖެކެޓެއް ލައިގެންނެވެ. އިސްތަށިގަނޑު ކަނދުރާއާ ހަމައިން ކޮށްލާފައިވެއެވެ.
[އިށީންނާށެވެ.] ފައުޒިއްޔާ ސޯފާއާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
[ނޫނެކެވެ...........]
[އެއީ ކީއްވެގެން ހެއްޔެވެ؟]
[އަހަރެން މިއައީ ފައުޒިއްޔާ ބަލައެވެ. މިސިޒް ތާބުޝްގެ ގެއަށް ދާންވީއެވެ.]
[އަނެއްކާ ޠަބީޢަތު ރަނގަޅު ހެއްޔެވެ؟]
[މުޅިއަކުން ރަނގަޅެއް ނޫނެވެ.]
[ކިހިނެތްވީ ހެއްޔެވެ؟]
[ވަރަށްބޮޑު ޚަބަރެއް އެބައޮތެވެ. އެޚަބަރު މުޅިން ތެދުކުރެވޭނީ ތާބުޝްއާ ވާހަކަ ދައްކައިގެންނެވެ.]
[ކޮން ޚަބަރެއް ހެއްޔެވެ؟..... ކޮންތާކުން ލިބުނު ޚަބަރެއް ހެއްޔެވެ؟....... ކާކާގުޅޭ ޚަބަރެއް ހެއްޔެވެ؟ ބުނެބަލާށެވެ.]
[ފައުޒިއްޔާ އަޑެއްނާހަމު ހެއްޔެވެ؟]
[ނާހަމެވެ. ނިކަން ބުނެބަލާށެވެ.]
[މުޝްތާޤު ޖަލާލީ ފެއަރީލޭންޑުން ގެއެއް ގަނެފިއެވެ.]
[ހަމަ ރަނގަޅަށް ހެއްޔެވެ؟]
[ތެދެއް ދޮގެއް ނޭގެއެވެ. އަހަރެން ބޭރުތެރޭން އެވާހަކަ އަހައިފީމެވެ.]
[ފެއަރީލޭންޑުން ގެއެއް ގަތުމަކީ އާދައިގެ ކަމެއް ނޫނެވެ.]
[މިވާހަކަގަނޑު މިސިޒް ތާބުޝްއަށް ރަނގަޅަށް އެނގޭނެއެވެ.]
[އޭނާ އަތުގާ ފައިސާ މަދެއް ނުވާނެއެވެ. ގެއެއް ގަތުމަކީ އެކަށީގެންވާ ކަމެކެވެ.................. އެއީ ހާދަ ރީތި ހިސާބުގަނޑެކެވެ. ކަލޭ ދުވަހަކުވެސް ދިޔައިން ހެއްޔެވެ؟]
[މީގެފަހުން ފެއަރީލޭންޑް ވާނީ އަހަރެމެންގެ ތަނަކަށެވެ. ޖަލާލީ ދަޢުވަތަކަށްފަހު ދަޢުވަތެއް ދޭނެއެވެ.]
[އެއީ ކިހާރަނގަޅު މީހެއް ހެއްޔެވެ. ވަރަށް ރީތި އަޚްލާޤެއްގެ ވެރިއެކެވެ.]
[މުދަލުގެވެސް ހިސާބެއް ޢަދަދެއް ނޭގެއެވެ........] ޝަވާލީ ހީގަތެވެ.
[ދުނިޔޭގެ ހުރިހާ ފަސޭހަތަކެއް އޭނާއަށް ލިބިފާވެއެވެ. އެކަމަކު ތެދުވެރި ވަފާތެރި އުފަލެއް ލިބިގެންނޫނީ އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.]
[ދެން ހަދަންވީ ކިހިނެއް ހެއްޔެވެ. އޭނާ އުފަލުގާ ބަހައްޓާނީ ކިހިނެއް ހެއްޔެވެ. ހުރިހާ މީހުންވެސް ވިސްނަނީ ތިޔަކަމާ ދޭތެރޭގައެވެ.] ފައުޒިއްޔާވެސް ހޭން ފަށައިފިއެވެ.
[ނިކަން އިށީނދެބަލާށެވެ....... އަހަރެންވެސް މިތައްޔާރުވަނީ ތާބުޝްގެ ގެއަށް ދާންވެގެންނެވެ. ޝަވާލީ އައިކަން ވަރަށް ރަނގަޅެވެ. ދެން ދެމީހުން އެކުގައި ދާނީއެވެ.]
ޝަވާލީ ހެމުން ބުންޏެވެ. [އަހަރެން އައީ ފިހާރައިން އެއްޗެއް ގަނެލަން ވެގެންނެވެ. އެކަމަކު މިވާހަކަ އަޑުއިވިފައި އެކަންވެސް ހުއްޓާލާފައި މިއައީއެވެ. ކަމުގެ ތަފްޞީލް ނުލިބެނީސް އެއްކަމެއްވެސް ނުކުރެވޭނެއެވެ. އަވަހަށް ތައްޔާރުވެގެން ދަމާ ހިނގާށެވެ. އަދި މިއުޅެނީ ނުވެސް ކައްކައެވެ.]
[މިއަދު މަންސޫރު ބަހައްޓާނީ ބަނޑަށް ދޯއެވެ. ކަލޭގެ ވާހަކައިގައި ޖެހިއްޖެއްޔާ ވަގުތު ދާނުދާ ގޮތެއްވެސް ނޭނގެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[ކުރާނީ ކީއްހެއްޔެވެ. ވާހަކަނުދައްކާ މަޖާނުކޮށް އުޅެންވެއްޖެއްޔާ ވަގުތު އަވަހަކަށް ފާއިތުވެގެނެއް ނުދާނެއެވެ. ކޮންމެވެސް ތާކުން ވަޒީފާއެއް ހޯދާނީއޭވެސް މިހާރު ހިތައް އެބައަރައެވެ.]
[މަސައްކަތް ކޮށްބަލާށެވެ. ފަހަރެއްގައި އަނގަތަޅަން ބޭނުންވާ އަންހެނަކު ކަލެޔަށް ވަޒީފާއެއް ދީފާނެއެވެ.] ދެމީހުން ހޭން ފަށައިފިއެވެ.
[ދެން އަވަހަށް ތައްޔާރުވާން ދާށެވެ....... އަހަރެން މި މަޖައްލާ ކިޔާލާނަމެވެ.] ޝަވާލީ މި ކުޑަކުޑަ ބައްދަލުކުރާ ކޮޓަރިއަށް ނަޡަރު ހިންގާލިއެވެ. ދެން އެއްކަނެއްގައި ހުރި މޭޒެއްގެ މަތީން ފޮތެއް ނަގައިފިއެވެ.
ފައުޒިއްޔާ ފަސްމިނެޓް އިރުގެ މުހުލަތު އެދެމުން ތައްޔާރުވާން ހިނގައްޖެއެވެ.
މަޑުނޫކުލައިގެ ސާޅީއެއް އަޅައިގެން ފައުޒިއްޔާ ވަރަށް އަވަހަށް އަތުވެއްޖެއެވެ. އޭނާހުރީ ވަރަށް އާދައިގެ މޭކަޕެއް ކޮށްފައެވެ.
[މިސިޒް ތާބުޝް މިހާރު ހުންނާނީ އަހަރެންގެ އިންތިޒާރުގައެވެ.] އޭނާ ބުންޏެވެ. [އަހަރެން ފޯނު ކުރީމެވެ.]
ޝަވާލީ ހެމުން ބުންޏެވެ. [އަހަރެންވެސް ފިހާރައިގައި ހުރެފާ ފޯނުކުރީމެވެ. ކަލޭވެސް އަހަންނާއެކު ދާނެ ވާހަކަ ބުނީމެވެ.]
[އަހަންނަށް ނުދެވިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟]
[އަހަރެން ގަދަބާރުން ގެންގޮސް ފާނަމެވެ.]
ދެމީހުން ވާހަކަދައްކަމުން ބޭރަށް ނުކުމެއްޖެއެވެ. ފައުޒިއްޔާ ގެ ތަޅުލިއެވެ. ދެން ގޯތިތެރެއަށް އަތުވެއްޖެއެވެ. ޝަވާލީ މިކުޑަކުޑަ ހުސްތަންކޮޅުގެ ރީތިކަން ލޮލަށް ޖަޒްބުކުރަމުން ތަޢުރީފްކުރަން ފަށައިފިއެވެ. [ފައުޒިއްޔާއަކީ ވަރަށް ނަސީބުގަދަ އަންހެނެކެވެ. މިއީ ވަރަށް އަރާމު ގެއެކެވެ. އަހަރެމެންގެ އެޕާރޓްމަންޓް އަހަންނަށް ވަރަށް ކަމުނުދެއެވެ. ހީވަނީ ޖަލެއް ހެންނެވެ.]
[މެޑަމްއެވެ. ޖަލަކީ ތިޔަހާފަސޭހަވެފައި ތަނަވަސް ތަނެއްނޫނެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް އެގޭގައި ލިބެން އެބަހުއްޓެވެ.]
[ތާޒާ ވައި ލިބޭނީ މިކަހަލަ ގެއަކަށެވެ. އަހަރެން މަންސޫރު ގާތުގައި އެހެން ގެއެއް ހޯދުމަށް އެދި ވަރަށްގިނަ ވާހަކަ ދައްކަމެވެ. އެކަމަކު އޭނާ އެހުންނަނީ ކަހާތަން ހިރުވާވެސް ނުލައެވެ.]
[އަދި އެހެންގެއެއް ހޯދާކަށް ބޭނުމެއް ނުވެއެވެ. މިހާރު ތިޔައީ އެކަނި ތިބި ދެމީހުންނެވެ. ކުދިން ލިބި ޢަދަދު އިތުރުވާން ފެށުމުން ފުރިހަމަ ވައިވެސް ލިބެން ބޭނުން ވެދާނެއެވެ.]
ޝަވާލީ ހިކި ހީލުމަކާއެކު ބުންޏެވެ. [މަންސޫރު އަދި ކުއްޖަކުވެސް ބޭނުމެއް ނުވެއެވެ.]
ފައުޒިއްޔާވެސް ހޭން ފަށައިފިއެވެ. [އަވަހަށް ކާރުނެރޭށެވެ. އަހަންނަށްވެސް ކާރުނެރެވޭނީ އޭރުންނެވެ.]
[އަހަންނާއެކު އަހަރެންގެ ކާރުގައި ހިނގާށެވެ.]
[ނޫނެކެވެ. ޝަވާލީގެ ގޮތެއްނޭގެއެވެ. އެތަނުން އެހެންތާކަށް ދިއުމުގެ ޕްރޮގްރާމެއް ހަމަޖައްސަފާނެއެވެ. އަހަރެން އެއްގަޑި ސާޅީސް ފަހަކަށް ސްކޫލް ދޮށަށް ދާންޖެހޭނެއެވެ. އަދި ކުދިން ގޮވައިގެން ރަފީޤު ބަލާދާން ޖެހޭނެއެވެ.]
ޝަވާލީ އޯކޭ... އޯކޭ... ބުނަމުން ކާރަށްއަރާ އިށީދެއްޖެއެވެ. ފައުޒިއްޔާވެސް އޭނާގެ ކާރަށް އަރައިފިއެވެ. އަދި ދެމީހުން ހެމުން ތާބުޝްގެ ގެއާއިދިމާއަށް ދަތުރު ފެށިއެވެ.
މިސިޒް ތާބުޝްގެ ދެމަފިރިން އުޅެނީ މިދިޔަ އަހަރު އެމީހުން ގަނެފައިވާ ކުޑަކުޑަ ގެއެއްގައެވެ. ގެ ޒީނަތްތެރި ކުރުމަކީ ދެމީހުންގެވެސް އުފަލެކެވެ. މިސްޓަރ އަދި މިސިޒް ޖެކްޝަން ތިބެނީ އެގެއާ ޖެހިގެން ހުރި ބައިގައެވެ.
ޝަވާލީއާއި ފައުޒިއްޔާ ކާރު ޕާކްކޮށްފައި ފައިބައިފިއެވެ. މިސިޒް ތާބުޝް ބޭރު ބެރެންޑާގައި ދެމީހުންގެ އިންތިޒާރުގައި އިނެވެ..... އޭނާ ވަރަށް ފޯރިއާއެކު އެދެމީހުންނާ އިސްތިޤްބާލު ކުރިއެވެ. އޭނާ އެވަގުތު ހުރީ ޕާކިސްތާނު ހެދުމެއް ލައިގެންނެވެ. ކޮނޑުމަތީގައި ކަޝްމީރީ ސާލެއް އޮތެވެ.
[އަހަރެމެން ތިބޭނީ މިތާ ބޭރުގައި ހެއްޔެވެ. ނޫނީ އެތެރޭގައި ހެއްޔެވެ.] އޭނާ ރީތި އަޚްލާޤަކާއެކު ސުވާލު ކުރިއެވެ.
[މިތަން ރަނގަޅުވާނެވެ.] ޝަވާލީ ބުންޏެވެ. [ހާމަކޮށްއޮންނަ ތަންތަން އަހަންނަށް ވަރަށް ހިތްހަމަޖެހެއެވެ.]
[ދުވާލު ހަތަރުދަމު ބޭރުގައި ތިޔައުޅެނީ އެހެންވެގެން ދޯއެވެ.] މިސިޒް ތާބުޝް ހީނލާފައި ބުންޏެވެ.
[މިސިޒް ތާބުޝްއެވެ. ޙަޤީޤަތުގައި ބަހާވިލް ނަގަރުގައި އަހަރެންގެ ވަރަށް ބޮޑުގެއެއް ހުރެއެވެ. އެހެންކަމުން އަހަރެން ހުންނަނީ އަރާމުގައި ހާމަވައިގެ ތެރޭގައި އުޅެއުޅެ އާދަވެފައެވެ. ދެން އެންމެ ރަނގަޅުތާއެވެ. މިތާގެ އާދައަށްވެސް މިއޮއް ވެއްޓުނީއެވެ.]
ތިން މީހުން ބޭރުގައިހުރި މޭޒު ދޮށުގައި އިށީދެއްޖެއެވެ.
[މިސިޒް ޖެކްޝަނާވެސް އަހަރެން ބައްދަލުކޮށްލަން ބޭނުމެވެ.] ފައުޒިއްޔާ ބުންޏެވެ.
[މިހާރު އަންނާނެއެވެ.[ ތާބުޝް ޖަވާބު ދިނެވެ. އަހަރެން ފައުޒިއްޔާގެ މެސެޖް އޭނާއަށް ރައްދުކުރީއެވެ.]
ތިންމީހުން ވާހަކަ ދައްކަން ފަށައިފިއެވެ. ޝަވާލީ އައީ މުޝްތާޤް ޖަލާލީ ގެއެއް ގަތް ޚަބަރު އޮޅުން ފިލުވަން ވެގެންނެވެ. އެންމެފަހުން ވާހަކަގަނޑު ދިގުވެގެންގޮސް ފޫހިވާއަތަށް އަޅާލުމުން އޭނާ އެވާހަކަ ހަލުވާލައިފިއެވެ.
[އާއެކެވެ. އޭނާ ފެއަރީލޭންޑުން ގެއެއް ގަނެފިއެވެ.] މިސިޒް ތާބުޝް ހިނިތުންވެލާފައި ބުންޏެވެ.
[ވަރަށް އަގުބޮޑުވާނެ ކަންނޭގެއެވެ.] ޝަވާލީ ކެތްމަދުވެފައި ބުންޏެވެ.
[ޔަޤީނެވެ. ފެއަރީލޭންޑުން ގެއެއް ގަތުމަކީ އާދައިގެ ކަމެއްނޫއެވެ.] މިސިޒް ތާބުޝް ބުންޏެވެ. [އެއީ ހުވަފެނުގެ ދުނިޔެއެކެވެ. އަހަރެންވެސް ދުނިޔޭގެ އެތަންމިތަން ދުށީމެވެ. ކެލިފޯނިޔާ ކަހަލަވެސް ކިތަންމެ ތަނެއް ދުށީމެވެ. އެކަމަކު ފެއަރީލޭންޑް ކަހަލަ އަރާމު ހިތްގައިމު ތަނެއް ނުދެކެމެވެ.]
[އަހަރެންވެސް ދިޔައިމެވެ.] ފައުޒިއްޔާ ބުންޏެވެ. ޙަޤީޤަތުގައިވެސް ޤުދްރަތީ މަންޒަރުތައް ވަރަށް ރީތި ތަނެކެވެ.]
[ޖަލާލީގެ ގެވެސް ވަރަށް ރީއްޗެވެ. އެހާރީތި ގެއެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ.]
[ތާބުޝް އެގެވެސް ބަލައިފިން ދޯއެވެ.]
[އާއެކެވެ. ގެ ގަތުމުގެ ކުރީގައި ޖަލާލީ ގެ ދައްކާލަން އަހަރެން ގެންދިޔައެވެ.]
[ކިތައް ނިދާ ކޮޓަރި ހުރޭ ހެއްޔެވެ؟]
[ތިން ކޮޓަރި ކަންނޭގެއެވެ. ކަލޭމެންނަށްވެސް ދެން ފެނިދާނެއެވެ. ދުލުން މިހެން ބަޔާން ކޮށްދިނަސް ގޭގެ ރީތިކަމެއް ނޭގޭނެއެވެ. އެއްކޮޓަރީގެ ސީލިންގވެސް ހުންނަނީ ބިއްލޫރިންނެވެ.]
[ހަމަ ރަނގަޅަށް ހެއްޔެވެ؟] ފައުޒިއްޔާއާއި ޝަވާލީ ޙައިރާންވެފައި ބުންޏެވެ.
[އާއެކެވެ. ރޭގަނޑު މަތި ބަލާއިރު ހަނދާއި ތަރިތައް ފެނެއެވެ. އެތާގައި ނިދާއިރު އިޙްސާސް ކުރެވެނީ މި އޮވެވެނީ ހާމައަށް އުޑުފެންނަ ތަނެއްގައި ކަމުގައެވެ. ކޮޓަރިތައް ހުންނަނީ ފިނިކުރާ މެޝިންވެސް ހުރަކޮށްފައެވެ.]
[އެހެން ހެއްޔެވެ؟]
[ޖަލާލީ މިހާރު ހުންނާނީ ވަރަށް އުފާވެފައެވެ.] ޝަވާލީ ބުންޏެވެ...... މިސިޒް ތާބުޝް މާނޭވާއެއް ލާފައި ބުންޏެވެ.......
[އެފަކީރުގެ ނަސީބުގައި އުފާވެރިކަން ލިޔެވިފާނެތީ ކަންނޭގެއެވެ. މިއީ ހައްތާވެސް ހިތްހަމަޖެހޭތޯ ކުރާ ކަންތައްތަކެވެ.]
[ވަރަށް ދެރަކަމެކެވެ. އެހާގިނަ މުދާތަކާ ރީތި އަޚްލާޤް ދެއްވި ފަދައިން މާތްރަސްކަލާނގެ އޭނާއަށް ރީތި ސިފައެއް ދެއްވިނަމަ ކިހާ އުފާވާނެ ހެއްޔެވެ.] ޝަވާލީ ބުންޏެވެ.
[ޖަލާލީ އޭނާގެ ސިފަހުތުރު ކަމާމެދު ވަރަށް ދެރަވެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[ދެރަވާންވީ ކީއްވެގެން ހެއްޔެވެ...... އަހަންނަށްވެސް ފުރަތަމަ އޭނާ ފެނުނު ދުވަހު ބިރުން މަރުނުވީ ކިރިޔާއެވެ.........] ޝަވާލީ ލޯބޮޑުކޮށްލާފައި ބުންޏެވެ.
[ތިޔަބުނީ ދޮގެއްނޫނެވެ. އަހަރެންވެސް ފުރަތަމަ ފަހަރު ތިޔަކަން އިޙްސާސް ކުރީމެވެ.] ފައުޒިއްޔާ ބުންޏެވެ.
[ވަރަށް ހެޔޮވަރުގެ އިސްކޮޅެކެވެ. ފުރަގަހުން ފެންނައިރު ހީވަނީ ވަރަށް ސްމާޓް މީހެއް ހެންނެވެ.] ޝަވާލީ ބުންޏެވެ. [ހުތުރީ ހަމައެކަނި މޫނެވެ. ގައިގެ ކުލަވެސް މާކަގޯހެއް ނޫނެވެ.]
[އެކަމަކު ކިހާ އަޚްލާޤު މާތްމީހެއް ހެއްޔެވެ؟ އާދަތައް ކިހާ ރީތި ހެއްޔެވެ.] ތާބުޝް ބުންޏެވެ.
[އޭނާގެ ބޭރު ފުށުން ހުތުރު ކަމުގައި ވިޔަސް އެތެރެ ފުށް ވަރަށް ރީއްޗެވެ.]
[އާއެކެވެ. ތިޔައީ ވަރަށް ރަނގަޅު ވާހަކައެކެވެ.]
[އެކަމަކު ގިނަމީހުންގެ ރީތިކަން ފެންނާނީ ބޭރު ފުށުންނެވެ.]
[ތެދެކެވެ. މިއަދާ ހަމައަށްވެސް ޖަލާލީއަށް މީހަކާ ނީދެވިގެން އެއުޅެނީ އެހެން ވެގެންނެވެ. މިހާރު އޭނާގެ ޢުމުރުންވެސް އެއްތިރީސް ބައްތިރީހަށް އަރައިފިއެވެ.]
[ދާދި ފަހަކުން ދޮން ކުއްޖަކު އޭނާގެ ފަހަތުން އަޅައިގަނެގެން އުޅުނު ވާހަކަ އެހީމެވެ.]
[އެއީ ޖަލާލީގެ މުދާގަނޑު ހަޅަފު އަރުވާލަން އުޅުނު ކުއްޖެކެވެ. އޭނާ އެވައްތަރެއް ބޭނުމެއް ނުވެއެވެ.]
[ޤަބޫލު ނުޤަބޫލުގެ ސަރަޙައްދުން ދުރަށްދަމާ ހިނގާށެވެ.] ޝަވާލީ މޫނު ކުނިކޮށްލާފައި ބުންޏެވެ.
[ކޮންމެ މީހަކު އޭނާއާއި އިންކަމުގައި ވިޔަސް އިންނާނީ، ފައިސާ އަށްޓަކައެވެ. އެހެންނޫނީ އޭނާގެ ކާވެނި...... ތައުބާއެވެ! އޭނާއާއި އިންނަން ހިތުން ރުހުމުން ޤަބޫލުވާނީ ކާކު ހެއްޔެވެ؟]
[އެކަމަކު އޭނާގެ ހިތްއޮތްގޮތް ކޮންމެވެސް މީހަކު ސިއްރުން ނަމަވެސް ބަލާލައިފިއްޔާ...] ފައުޒިއްޔާ ބުންޏެވެ.
މިސިޒް ތާބުޝްއާއި ޝަވާލީ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
އިރުކޮޅެއް ވަންދެން ތިން ރަޙްމަތްތެރިން މުޝްތާޤު ޖަލާލީއާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ޖަލާލީއަކީ އެންމެންގެ ރަޙްމަތްތެރިއެކެވެ. އޭނާގެ ދެފިހާރަ ފިސާރަ ކާމިޔާބާއެކު ހިނގައެވެ. އެތައް ކުންފުންޏެއްގެ ހިއްސާދާރެކެވެ. އާމްދަނީގެ ގޮތުގައި އެތައްލައްކަ ޑޮލަރެއް ލިބެއެވެ. އޭނާއަކީ ވަރަށް މާތް އިންސާނެކެވެ. އެކަމަކު ސިފަ ހުތުރު މީހެކެވެ. ދެކެފި ކޮންމެ މީހަކު ބިރުން ސިހޭވަރުވެއެވެ. ގައިގެ ކުލަ މެދުމިނެވެ. ތުންފަތް ހުންނަކީ ފުރޮޅިފައެވެ. ޖަނބުރޯލު ފަޅިވަރެއް ކަހަލަ ނޭފަތެކެވެ. ބިރުވެރި ރަތް ލޮލެކެވެ. ގާތްގަނޑަކަށް ގުޅިފައިވާ ފަލަ ބުމައެކެވެ... ނުތަނަވެސް ނިތްކުރިއެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. އެއިސްތަށިގަނޑު އޮންނަނީ ކަނދުރާ މައްޗަށް ވައްޓާލާފައެވެ. މިކަމުގެ ސަބަބުން ފަހަތުން ބަލާލާއިރު އޭނާއަކީ އެހާ ސިފަހުތުރު މީހެއް ކަމަކަށް އިޙްސާސެއް ނުކުރެވެއެވެ. ބާމަތި ފުޅާ އިސްކޮޅުން ދިގު މީހެކެވެ. މިތިން މީހުންނަކީވެސް އޭނާގެ ރަޙްމަތްތެރިންނެވެ. މިމީހުނާ އޭނާ ބައްދަލުކޮށް ހަދައެވެ. ރަޙްމަތްތެރިން އުފެއްދުމުގައި އޭނާ ފަހަރެއްގައިވެސް އިސްނަގާފައެއް ނުވެއެވެ. އެއީ އެކަމުގައި އޭނާއަށް ހިތްވަރެއް ނެތީމައެވެ.
މިސިޒް ޖެކްޝަންވެސް އަތުވެއްޖެއެވެ. އޭނާއަކީ ބްރައުން ކުލައިގެ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ޔާގޫތު ކުލައިގެ ތުންފަތެކެވެ. އަދި ފުދޭވަރެއްގެ ދިގު އިސްކޮޅެއްވެސް އޭނާއަށް ލިބިފާވެއެވެ. ގަޔަށް މަހާލާފާހުރީ ވަރަށްރީތި ޒަމާނީ ހެދުމެކެވެ. އޭނާއަކީވެސް މިއެންމެންގެ ރަޙްމަތްތެރިއެކެވެ. ޖަލާލީ ގެއެއްގަތް ވާހަކަ އޭނާގެ ކަންފަތަށްވެސް އަރާފައިވެއެވެ.
އެންމެންވެސް ދައްކަނީ ޖަލާލީގެ ވާހަކައެވެ. މިސިޒް ޖެކްޝަންވެސް ފޯރިއާއެކު ވާހަކައިގައި ބައިވެރި ވެއްޖެއެވެ. އޭނާގެ އެންމެބޮޑު އެދުމަކީ ޖަލާލީ މީހަކާ ދެވުމެވެ. އޭނާއަށް ޖަލާލީގެ ހިތާމަ ފުރިހަމައަށް އިޙްސާސް ކުރެވެއެވެ.
[އެކަމަކު ތިޔަކަންވާނީ އަންހެން ކުއްޖަކުވެސް ޢައްޔަން ކުރެވިގެން ނޫން ހެއްޔެވެ.] މިސިޒް ތާބުޝް ބުންޏެވެ. [އަހަރެމެންނަށްޓަކާ ތިޔައަށްވުރެ ވަކިންބޮޑު އުފަލެއް ކޮބާ ހެއްޔެވެ؟]
[ވަރަށްގިނަ ފަހަރަށް އަންހެން ކުދިންވެސް މަތިވެއެވެ. އެކަމަކު ޖަލާލީގެ ހިތެއް އެއިން އެއްވެސް ކުއްޖަކާމެދު ނުރުހެއެވެ.]
މިސިޒް ޖެކްޝަން ތާބުޝްއަށް ހަނދާން ކޮށްދެމުން ބުންޏެވެ. [މީގެ ދެއަހަރު ކުރީގައި އަންހެން ކުއްޖަކު މި ކާވެންޏަށް ތައްޔާރުވިކަން ހަނދާން އެބަހުރި ހެއްޔެވެ؟]
[އާއެކެވެ.......] ތާބުޝް ބުންޏެވެ. [އެކަމަކު ޖަލާލީ އެކަހަލަ ކުއްޖަކާ އިންނާކަށް ބޭނުމެއް ނުވެއެވެ. އެކަހަލަ ކުދިން ބޭނުންވަނީ އޭނާގެ މަސްގަނޑެއް ނޫނެވެ. އޭނާގެ މުދަލެވެ. ފައިސާއެވެ.]
[މައްސަލައަކީ ތިޔައެވެ.] އޭނާ ބުންޏެވެ.
[ހުރިހާވެސް ކަމަކީ ތިޔައެވެ.] ފައުޒިއްޔާ ބުންޏެވެ. [އެއްވެސް އަންހެން ކުއްޖަކު އޭނާއާ ޤަބޫލުނުވާނެކަން ރަނގަޅަށް އެނގެއެވެ.]
[ކޮންމެ ގޮތަކުން ނަމަވެސް އޭނާ މީހަކާ އިންނަންވީއެވެ.] ޝަވާލީ ބުންޏެވެ. [ހުރިހާކަމެއް މަޑުމަޑުންގޮސް ހަމަޖެހިދާނެއެވެ. އަހަރެމެންވެސް ފުރަތަމަ ފެނުނު ދުވަހު ބިރުން ހަލާކުނުވީ ކިރިޔާއެވެ. އެކަމަކު މިހާރު އެކަމަށް އާދަވެ ހަމައަކަށް އެޅިއްޖެއެވެ. ހަމަ ޙަޤީޤަތުގައިވެސް އޭނާއަކީ އެހާ ހުތުރު މީހެއްކަމުގައި މިހާރު އަހަންނަކަށް އިޙްސާސެއް ނުކުރެވެއެވެ. މިއީ ދޮގެއް ހެއްޔެވެ. ފައުޒިއްޔާއެވެ. އިޙްސާސް ކުރެވޭ ހެއްޔެވެ. ބުނެބަލާށެވެ؟]
ފައުޒިއްޔާ ބޯހޫރުވާލާފައި އޭނާގެ ވާހަކައަށް ތާއީދު ކުރިއެވެ.
[ޖަލާލީ މިކަން ތަޖްރިބާ ކުރާކަށް ނޫޅެއެވެ.] ތާބުޝް ބުންޏެވެ. [އަހަރެންވެސް މިވާހަކަ އޭނާގާތު ދެއްކީމެވެ. އެފަކީރު ހުންނަނީ މިކަހަލަ ވާހަކައެއް ދައްކައިފިއްޔާ ބިރުން ވިރިވިރިއެވެ.]
[ތިޔަކަން އެނގިދާނެއެވެ. ދެން ވާހަކަ ދައްކާނީ އަހަންނެވެ. އަހަރެން ހަމަ ނޭވާލާނީ އޭނާ ރުއްސާފައެވެ.] ޝަވާލީ ޢަޒުމްކަނޑައާޅަފަދަ އަޑަކުން ބުންޏެވެ. [އަހަރެމެން އެންމެންނަކީވެސް އޭނާގެ އެކުވެރިންނެވެ. ރަޙްމަތްތެރިންނެވެ. އޭނާއާމެދު ރަނގަޅުގޮތެއް ފެނޭތޯ ކޮންމެހެން ވިސްނަން ވެއްޖެއެވެ.]
[އާއެކެވެ. ވިސްނަން ވެއްޖެއެވެ.....] ފައުޒިއްޔާ ބުންޏެވެ. [ޖަލާލީއަށް ދުނިޔޭގެ ހުރިހާ ފަސޭހަތަކެއް ލިބިފާވެއެވެ. ހިތް ފުރެންދެން ފައިސާ ލިބެއެވެ. އެކަމަކު އޭނާ އުފަލެއް ނުވެއެވެ. ޙަޔާތެއް ނުލިބޭހާ ހިނދަކު އޭނާ އުފަލެއް ނުވާނެއެވެ.]
[ތިޔަބުނީ ތެދެކެވެ.] ޖެކްޝަން ބުންޏެވެ.
[އަހަރެމެން އެންމެން އެއްބައިވެގެން މަސައްކަތް ކޮށްފިއްޔާ ޖަލާލީ މީހަކާ އިންނަން ޤަބޫލުވެދާނެއެވެ.] ޝަވާލީ ބުންޏެވެ.
[އޭނާ ވަރަށް އަވަހަށް އާގެއަށް ދިއުމަށް ދަޢުވަތު ދޭނެއެވެ.] މިސިޒް ތާބުޝް ބުންޏެވެ. [ރަނގަޅު ދަނޑިވަޅެކެވެ. މަސައްކަތް ކޮށްލަން ވާނެއެވެ.]
[އަހަރެމެން ހަމަނޭވާލާނީ މިކަން ކާމިޔާބު ކޮށްފައެވެ.]
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު